އެކަން ހާމަކޮށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ކުރި އިއުލާނުގައި ވާގޮތުން، މިއަދުން ފެށިގެން ސައޫދީ އަށް އެތެރެވުމަށް ނެގެޓިވް ޕީސީއާރް ޓެސްޓެއް ބޭނުމެއް ނުވާނެއެވެ. އަދި ސައޫދީ އަށް އެތެރެވުމަށް ފަހު ކަރަންޓީންގެ މުއްދަތު ހަމަކުރުމާއި، ބޭރަށް ނިކުންނައިރު، މާސްކު އެޅުމާއި، އިވެންޓުތައް ބޭއްވުމުގައި އޮތް ހުރަސްތައް ވެސް ވަނީ އުވާލާފައެވެ.
މީގެ އިތުރުން ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅު ވެސް އުވާލާފައިވާތީ، މިސްކިތްތަކާއި، ދެ ހަރަމްފުޅުގައި ވެސް ގައި ދުރުކޮށް ސަފު ހަދައިގެން ނަމާދުކުރުން ވަނީ ނިމުމަކަަށް ގެނެސްފައެވެ. ނަމަވެސް މިސްކިތްތަކާއި، ދެ ހަރަމްފުޅުގައި މާސްކު އެޅުން މަޖުބޫރެވެ.
ސައޫދީން ކޮވިޑާއި ގުޅިގެން ސީދާ ދަތުރުކުރުން ހުއްޓާލާފައިވާ 17 ގައުމަަށް ވެސް އަލުން ސައުދީއަށް އެތެރެވުމުގެ ހުއްދަވަނީ ދީފައެވެ. އެއީ:
ރޯދަ މަހާއި ދިމާކޮށް ސައުދީ ގިނަ ގައުމުތަކަށް ހުޅުވާލައި، ފިޔަވަޅުތަކުން ލުއި ދީފައި ވީނަަމަވެސް، ސައުދީގައި ހުއްޓާ ކޮވިޑް ޖެހިދާނެތީ، އެފަދަ ދަނޑިވަޅެއްގަައި ފަރުވާގެ ކަންކަން ހަމަޖެެއްސުމަށް ވިޒިޓް ވިސާގައި އެތެރެވާ އެންމެން، އިންޝޫރެންސް ޕެކޭޖެއް ހުށަހަޅަން އެގައުމުން ވަނީ ލާޒިމްކޮށްފަ އެވެ.