ads
އަލީ ވަހީދު އަދި އަޑުބަރޭ
އަޑުބަރޭ ޖަލުން މިނިވަންވެއްޖެ
ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖަލު ހުކުމް ތަންފީޒުކޮށް ނިންމާ، މިނިވަންވެއްޖެއެވެ.

ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވައިލުމުގައި ޖާމިނުވި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީމަހުގެ ދެވަނަ ދުވަހުގައި އަސްހަދުގެ ގައިރުހާޒިރުގައެވެ. އެއީ 72 ގަޑިއިރުތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އެންގި އެންގުމާއި ޚިލާފުވި މައްސަލައިގައެވެ. އެ ގޮތުން ކޯޓުން ނިންމީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.

އަސްހަދު ރާއްޖެ އައިސް ކަރެކްޝަނާއި އަމިއްލައަށް ހަވާލުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގައެވެ.

“ސީއެންއެމް”އާއި ވާހަކަދައްކަވަމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް މިއަދު ވަނީ އަސްހަދު ޖަލު ހުކުމް ތަންފީޒުކޮށް މިނިވަންވެފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވިއިރު އެ ތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާ އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރު އުވައިލައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކޯޓުން ދިން ހުއްދައާއެކު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަސްހަދު ޖާމިނުކޮށް ބޭސްފަރުވާއަށް ދިއުމަށް ކޯޓުން އަލީ ވަހީދަށް ދިނީ ހަތަރުމަހުގެ މުއްދަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް