ads
މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ.. ފޮޓޯ/މަޖިލިސް
ދެ ސަފީރަކަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފި
ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައަޅުއްވާ ސަފީރުކަމަށް އުމަރު ޢަބްދުއްރައްޒާގު އައްޔަންކުރުމަށާއި, ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުކަމަށް ހަސަން ސޯބިރު އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

އީޔޫއަށް ކަނޑައަޅުއްވާ ސަފީރުގެ ގޮތުގައި އުމަރު ޢަބްދުއްރައްޒާގު ހަމަޖެއްސެވުމަށާއި, ޖަޕާނުގައި ހުންނަވާ ސަފީރުގެ ގޮތުގައި ހަސަން ސޯބިރު ހަމަޖެއްސެވުމަށް ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުން މަޖިލީހަށް ސިޓީ ފޮނުއްވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ

މި މައްސަލަ ދިރާސާކުރީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. އެ ގޮތުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އަށް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރީ ރައީސް ސޯލިހު ނިންމެވި ގޮތަށް ރުހުން ދިނުމަށެވެ.

އީޔޫއަށް ކަނޑައަޅުއްވާ ސަފީރުކަމަށް އުމަރު އައްޔަންކުރުމަށް ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި 57 މެންބަރަކު ވޯޓު ދެއްވިއެވެ. ހަމައެހެންމެ ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުކަމަށް ހަސަން ސޯބިރު އައްޔަންކުރުމަށް ފެންނަކަމަށް ވޯޓުދެއްވީ 58 މެންބަރުންނެވެ.

އުމަރު އަބްދުއްރައްޒާގު މީގެ ކުރިން ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. ހަސަން ސޯބިރަކީ ބެލްޖިއަމާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް