ads
ދޮންފަނު މުހައްމަދު ޔޫސުފްގެ
"ދިވެހި ޅެމުގެ އެންވަށި" ރައްޔިތުންގެ މަޖިލީހަށް
ރައްޔިތުންގެ މަޖިލީހުގެ ބ.އަތޮޅު މެންބަރުކަން ކުރެއްވި މުހައްމަދު ޔޫސުފުގެ ޅެންތައް އެއް ފޮތަކަށް ޖަމާކުރައްވައި, އެ ފޮތް މަޖިލީހުގެ ލައިބްރަރީއަށް ހަދިޔާކުރައްވައިފިއެވެ.

ބ.އަތޮޅު މެންބަރުކަން ކުރެއްވި މުހައްމަދު ޔޫސުފްގެ (ދޮންފަނު މުހައްމަދު ޔޫސުފް) "ދިވެހި ޅެމުގެ އެންވަށި" ފޮތް މަޖިލީހުގެ ލައިބްރަރީއަށް ހަދިޔާކުރެއްވީ މިއަދު 10:00 ގައި މަޖިލީހުގެ އިދާރައިގައި ބޭއްވި ހަފުލާއެއްގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑައިލެއްވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

ދޮންފަނު މުހައްމަދު ޔޫސުފް 12 ވަނަ މަޖިލީހުގެ މެންބަރުކަން ކުރެއްވީ 1975 ވަނަ އަހަރުން ފެށިގެން 1980 ވަނަ އަހަރުގެ ނިޔަލަށެވެ. "ދިވެހި ޅެމުގެ އެންވަށި" ފޮތުގައިވާ ޅެންތަކަކީ 1960 އިން ފެށިގެން އޭނާ ހެއްދެވި ޅެންތައްކަމަށް ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ. 

2019 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު މަޖިލީހުގެ އިދާރާގައި ރައީސް ނަޝީދު ވަނީ މުހައްމަދު ޔޫސުފް ލިޔުއްވި ޅެންފޮތެއްކަމަށްވާ “ދިވެހި ޅެމުގެ އަސްދަނޑި" ވެސް ނެރެދެއްވައިފައެވެ. 

މުހައްމަދު ޔޫސުފް ވަނީ ބ.ދަރަވަންދުއާއި ބެހޭ ތާރީހީ ފޮތެއް ވެސް ލިޔުއްވައިފައެވެ. އޭނާގެ ޅެންތައް ފަތްތޫރަ މަޖައްލާގައި ވެސް ވަނީ ޝާއިއުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް