ads
ޓްރެއިންނިން ފުރިހަމަކުރަމުންދަނިކޮށް މަރުވި ރާފިލް
ޓްރެއިނިން ހަދަމުންދިޔަ ސިފައިންގެ މީހަކު މަރުވެއްޖެ
އިއްޔެ މާފިލާފުށީގައި ޓްރެއިނިން ހަދަމުންދިޔަ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މަރުވެފައިވަނީ ގދ. ގައްދޫ މީހެއް ކަމަށްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަފީލްއެވެ.

އެ އިދާރާއިން ބުނީ  ރާފިލް ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް ޅ.ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވަނީ އެހޮސްޕިޓަލިގައި ކަމަށެވެ. 

މި މަރާބެހޭ އިތުރުމައުލޫމާތެއް އަދި އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ. ބުނީ މައުލޫމާތު އަދި ފަހުން އާންމު ކުރާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް