ads
ފޮޓޯ / ގޫގްލް
ބޮލުން ހަން ފޮޅުން ދުރުކޮށް ދޭ 4 ކަމެއް!
ބޮލުން ހަންފޮޅުމަކީ ދުނިޔޭގެ ނިސްބަތުން ގިނަ ބަޔަކަށް ދިމާވާ އާއްމު ކަމެކެވެ. ގިނަ ފަހަރަށް ބޮލުން ހަންފޮޅެން މެދުވެރިވަނީ ހަންގަނޑު ހަލާކުވުމުންނާއި ހަންގަނޑު މާ ބޮޑަށް ހަރުވެ ހިކުމުންނެވެ. މީގެ އިތުރުން އެލާޖީއެއްގެ ސަބަބުން ވެސް ބޮލުން ހަންފޮޅެން މެދުވެރިވެ އެވެ.

ބޮލުން ހަންފޮޅުން ހުއްޓުވުމަށް ބޮލުގައި ތަފާތު އެކި ކަހަލަ ކެމިކަލްސް ތަކާއި އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް ސެލޫން ތަކުން ގިނަ ބަޔަކު ދަނީ ފަރުވާ ހޯދަމުން ނެވެ. ނަމަވެސް ގިނަ ފަހަރަށް މިކަހަލަ ކެމިކަލްސް ތަކުގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެ ބޮލުން ހަންފޮޅުން އިތުރުވެގެންދާ ހާލަތް ތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. އަދި ކަމަކީ ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ގޭގައި ވެސް ފަރުވާ ހޯދިދާނެ ކަންކަމެވެ. 

އަލޯވެރާ 

އަލޯވެރާ އަކީ ބޮލުގައި ހަންފޮޅުން ހުއްޓުވުގެ އިތުރުން ބޮލުގެ ރިހުމަށް ވެސް ބޭނުން ކުރެވިދާނެ މުހިއްމު އެއްޗެކެވެ. މީގެ އިތުރުން ގައިގެ ހަންގަނޑު ރީތި ކޮށް ބެހެއްޓުމަށް ވެސް އެލޯވެރާ މުހިއްމު ރޯލެއް ކުޅެ އެވެ.

އޮލިވް އޮއިލް: 

އޮލިވް އޮއިލް އަކީ ބޮލަށް އެންމެ ބޮޑަށް ފަރުވާ ކުރުވަނިވި ތެލެވެ. މިގޮތުން ބޯ ދޮންނަ އިރު ޝޭމްޕޫ އާ އެކު މި ތެޔޮ ބޭނުން ކުރުމަކީ ރަނގަޅު ގޮތެކެވެ. އެހެނީ އެ ތެލުގައި ހަންގަނޑަށް ފައިދާ ލިއްބައިދޭ މާއްދާތަށް ގިނަ އަދަދަކަށް އެކުވެލިވެންވާތީ އެވެ. އެގޮތުން އިސްތަޑިގަނޑު ދިގު ކޮށްދީ އިސްތަށި ފައިބާ މިންވަރު މަދު ކޮށްދެ އެވެ. 

ކާށި ތެޔޮ: 

ކާށިތެލަކީ ވެސް ހަންފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކާށި ތެލަކީ ހަންގަނޑު ދުޅަހެޔޮކަށް ބެހެއްޓުމަށްޓަކައި އުނގުޅުން މުހިންމު ތެލެކެވެ. މީގެ އިތުރުން އިސްތަށި އިތުރު ކޮށްދީ އިސްތަށިގަނޑު ވަރު ގަދަ ކޮށްދެ އެވެ. އެހެންކަމުން ބޯ ދޮވުމުގެ ކުރިން ކޮންމެ ދުވަހަކު ކާށި ތެލުން ރަނގަޅަށް ބޯ މަސާޖުކޮށް ލާށެވެ. 

ވިނިގާ: 

ވިނިގާ މިއީވެސް ހަންފޮޅުވުމުން ދުރުކޮށްދޭ އެއްޗެކެވެ. މީގައި އެންމެ އެދެވޭ ގޮތަކީ ފެނާއި އެއްކުރުމަށް ފަހު ބޭނުން ކުރުމެވެ. އަދި 15 މިނެޓް ބޯ މަސާޖް ކުރުމަށް ފަހު ދޮވެލުމެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް