ads
ސިފައިން ހަތިޔާރާއި އެކު
ޓްރެއިން ހަދަމުންދަނިކޮށް ހާލުދެރަވި 2 ޒުވާނަކު މާލެ ގެނެސް ފަރުވާދޭން ފަށައިފި
މާފިލާފުށީގައި ސިފައިންގެ ޓްރެއިން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާދޭން ފަށަައިފި އެވެ.

މާފިލާފުށީގައި ސިފައިންގެ ޓްރެއިން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި އެ ދެ ދަރިވަރުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. 

ނަމަވެސް އައިޖީއެމްއެޗާއި ހަވާލާދީ ބައެއް ވާހަކަތައް ދެކެވެމުން އަންނަ ގޮތުގައި އޭގެތެރެއިން އެއްކުއްޖަކު އޮތީ އައިސީޔޫގައެވެ. އަދި އަނެއްކުއްޖަކަށް ދަނީ ވޯޑުގައި ބާއްވައިގެން ފަރުވާދެމުންނެވެ.

މީގެ ތެރެއިން އައިސީޔޫގައި އޮތީ 19 އަހަރުގެ ޒުވާނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވެގެން ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާއިރު، ޅ. މާފިލާފުށީގައި ތަމްރީން ހަދަން ދިޔަ އިތުރު ޒުވާން ދަރިވަރަކުވެސް ވަނީ މިމަހުގެ ހަތްވަނަ ދުވަހު މަރުވެފައެވެ.

ޓްރެއިނިން ހަދަމުން ދަނިކޮށް އެފަހަރު މަރުވެފައިވަނީ، ގދ.ގައްދޫ، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. 

އޭނާ މަރުވީ މާފިލާފުށީގައި ޓްރެއިނިން ހަދަމުން ދަނިކޮށް، ނޭވާލާން އުނދަގޫވެ، އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް