ads
ފޮޓޯ/ގޫގްލް
ލޯ ކައިރި ކަޅުވާނަމަ ހަދާނީ ކިހިނެއް؟
ލޯ ކައިރި ކަޅުވުމަކީ ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ގިނަ މީހުން ދަނީ ތަފާތު އެކިހަލަ އެއްޗެހި ބޭނުންކުރަމުންނެވެ. ސިއްހީ މާޙިރުން ބުނާގޮތުގައި މިކަމުގައި ކުރަންޖެހޭ ކަމަކީ ގިނައިން ފެން ބުއިމާއި ރަނގަޅަށް ނިދުމެވެ.

ލޯ ކައިރި ކަޅުވުމުން ސަލާމަތްވުމަށްޓަކައި އަގުބޮޑު ކްރީމުތައް ގަންނަ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް މިއީ ވަރަށް ހަރަދު ކުޑަކޮށް ފަސޭހަ ކަމާއެކު ހައްލު ހޯދިދާނެ މައްސަލައެކެވެ.

އެގޮތުން އަލުވި ވަކީ ލޯ ކައިރި ކަޅުވުމުން ދުރުކޮށްދޭ ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަލުވީގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުން ލޯ ދުޅަވުން ވެސް ހުއްޓުވައި ދެއެވެ.

އަލުވީގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކެޓެކޮލް އަކީ ގުދުރަތީ ގޮތުން ގިނަ ގުނަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން މިއީ ހަންގަނޑު އަލި ކޮށްދޭ ކްރީމުތައް އުފެއްދުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ.

ތުނިކޮށް އަލުވި ފޮތި ކޮށްލުމަށްފަހު ލޯ ކައިރީގައި ކަޅުވެފައި ހުންނަ ތަނުގައި އަޅާށެވެ. މި ގޮތަށް އަލުވި ބޭނުން ކުރާއިރު ލޮލުގެ ތެރެއަށް އަލުވީގެ ދިޔަ ނުދާނެ ގޮތައް ރައްކާތެރި ކަމާއި އެކު ބޭނުން ކުރުން މުހިއްމެވެ.

އަލުވީގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު މި ގޮތަށް އަމަލު ކުރުން މުހިއްމެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް