ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން
ތިމާ އަދާކުރާ ވަޒީފާއަށް އިހްލާސްތެރިވާންވީ މިއަދު: ޕީޖީ
ކޮންމެ ދުވަހަކީވެސް ދުނިޔޭގައި ހުންނާނެ އެންމެފަހު ދުވަސްކަމުގައި ދެކެންޖެހޭ ކަމަށާއި, ތިމާ ކުރާ އަޅުކަމާއި ވަޒީފާގެ ކަންކަމުގައި އިހްލާސްތެރިވާންވީ މިއަދުކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމްގެ ބްލޮގްގައި މިއަދު އާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ކޮންމެ ދުވަހަކީވެސް ދުނިޔޭގައި ހުންނާނެ އެންމެ ފަހު ދުވަސްކަމުގައި ދެކެންޖެހޭ ކަމަށާއި, އެ ދުވަހު ކުރާ ކަމަކީ ފަހުން ސުވާލެއް ކުރެވުނަސް ޖަވާބުދާރީވެވޭނެ ކަމަކަށްވާންޖެހޭ ކަމަށެވެ. އެ ގޮތުން ތިމާ ކުރާ އަޅުކަމާއި ވަޒީފާގެ ކަންކަމުގައި އިހްލާސްތެރިވާންވީ މިއަދު ކަމަށާއި, އާއިލާއާއި ގާތް މީހުންނާއެކު ވަގުތު ހޭދަކުރާނީ ވެސް މިއަދުކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ފަހަށް ރައްކާކުރަން ފައިސާ އެއްކުރާނީ ވެސް މިއަދު ކަމަށާއި, ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރާން ފަށާނީ މިއަދުކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން މީހުންނަށް ހެޔޮކޮށް ހިތައި, އޯގާތެރިވެ, ލޯބިދީ ހަދާނީ ވެސް މި ވަގުތުން ފެށިގެންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ އަބަދުމެ މަރަށް ތައްޔާރުވެގެން ތިބުން ކަމަށެވެ. އަދިދާދިފަހުން ނިޔާވި ލޯބިވާ އަޚުން ތިއްބެވީ އެ ގޮތަށް ތައްޔާރުވެގެން ކަމަށާއި, އެ މީހުން މީހުންނާމެދު ބެހެއްޓި ގާތްކަމާއި ލޯބި ކުރިމަތިން މިއޮތީ ފެންނަންކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް