ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ފޮޓޯ:މީރާ
ފެބްރުއަރީގައި މީރާއަށް 1.4 ބިލިއަން ރުފިޔާ ބަލައިގެންފި
މިދިޔަ ފެބްރުއަރީމަހުގައި އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.4 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީމަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބުނު 1.4 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު 402.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެތެރެއިން ރުފިޔާއިން ލިބިފައިވަނީ 439.9 މިލިއަންކަމަށްވާއިރު, ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 63.01 މިލިއަން ރުފިޔާއެވެ.

your imageފެބްރުއަރީގައި މީރާއަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް. ފޮޓޯ:މީރާ

މިދިޔަަމަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ ލިބުނު އާމްދަނީގެ 69.01 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނީންނެވެ. އެއީ ލިބުނު އާމްދަނީގެ 10.07 އިންސައްތައެވެ. 

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް  ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އެއީ ލިބުނު އާމްދަނީގެ 09.08 އިންސައްތައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް