ads
ފޮޓޯ/ގޫގްލް
ނިދުމުގެ ކުރިން މޭކަޕް ފިލުވަންތަ؟
އަންހެން ކުދިންނަކީ ޒީނަތްތެރި ވުމުގެ ގޮތުން މޫނުގައި ތަފާތު އެކި ވައްތަރުގެ މޭކަޕް ޕްރޮޑަކްޓްސް ބޭނުން ކުރާ ބައެކެވެ. ނަމަވެސް ގިނަ ފަހަރަށް މޭކަޕް ފިލުވަން ވަނީ ބުރަކަމަކަށް ވެފަ އެވެ.

ހަގީގަތުގައި މޭކަޕަކީ އެކި ޒާތުގެ ކެމިކަލްތަކުން އުފައްދާ އެއްޗެއް ކަމުން ހަންގަނޑުގައި ކުދިކުދި ވިދުތައް އުފެދި, ބިހިތައް ނަގައި, ވައިޓްހެޑްސް އާއި ބްލެކްހެޑްސް އުފެދުމުގެ އިތުރުން މޭކަޕަކީ ހަންގަނޑުގެ ތެރެއަށް ވަންނަ އެއްޗެކެވެ.

ނަމަވެސް ހިތާމައަކީ ގިނަ ފަހަރަށް މޭކަޕް ފިލުވަން ޖެހުނީމަ މީހާ ކަންނެތް ވާގޮތްވެ މޭކަޕާއި އެކު ނިދޭ ގޮތް ވަނީ އެވެ. އެކަމުގެ ސަބަބުން މޫނުމަތީގެ ތާޒާކަން ގެއްލި މޫނުގައި ތަފާތު އެކި ކަހަލަ ބިހި ނެގުމަށް މަގުފައި ކޮށްދެ އެވެ. އެގޮތުން ލޮލުގައި އުނގުޅާ މަސްކަރާ ނުވަތަ އައިލައިނާގެ ސަބަބުން އޭގައި އެކުލެވޭ ކެމިކަލްތަކުން ލޯ އެލާޖިކްވެ، ލޯ ފުސްވުމާއި ހިރުވުމުގެ މައްސަލަ ވެސް ދިމާވެ އެވެ. 

މޭކަޕް ނުކޮށް ނިދުމަކީ ވަރަށް ގިނަ ފަރާތްތަކުން ކުރާ ކަމެއް ނަމަވެސް ގިނަ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުން މީހާގެ ހަންގަނޑަށް އެކި ކަހަލަ ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ނިދުމުގެ ކުރިން މޫނުގައިވާ ހުރިހާ މޭކަޕެއް ފިލުވައިލުމަށް ރަނގަޅަށް މޫނުދޮވެ، ނުވަތަ މޭކަޕް ރިމޫވާ ބޭނުން ކުރުމަށް އެފަރާތް ތަކުން ދަނީ އިރުޝާދު ދެއްވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް