ads
ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން---ފޮޓޯ:ފުލުހުން
މަނަދޫ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ނ. މަނަދޫ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނ. މަނަދޫ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ރޭ 01:57 ހާއިރު މަނަދޫ ކުނިކޮށީގައި އަލިފާން ރޯވެ އަދަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މަނަދޫ ޕޮލިހުން ކުރި މަސައްކަތުން އެއަލިފާންގަނޑު ކޮންޓުރޯލު ކުރެވިފައިވާ ކަމަށެވެ.

އެއަލިފާންގަނޑު ކޮންޓުރޯލުވެފައިވަނީ ފަތިހު 05:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިދިޔަ އަހަރު ކުރީކޮޅުގައި ވެސް މަނަދޫ ކުނިގޮނޑުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

އެހާދިސާގައި ކުނިގޮނޑުގެ ހުރި ހުރިހާ ކުންޏެއް ރޯވެފައިވާއިރު ކުނިކޮށީގެ ފުރާޅަށް ވެސް އަސަރުކޮށްފައިވާކަމަށާއި ކުނި މެނޭޖު ކުރުމަށް ބޭނުން ކުރާ ތަކެއްޗަށް ހޫނު ވެފައިވާ ކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް