ads
މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރުން
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކުރަނީ
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލައިވް ކޮށްގެން ބާއްވާ ފުރަތަމަ ޖަލްސާ ފެބްރުއަރީ ހަތަރެއްވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި މާދަމާ މެންދުރުފަހު 2:00 ގައި ކަމަށް ވެސް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. 

ސިޓީ ކައުންސިލުން ހަމަޖައްސާފައިވަނީ ޖާގަ އޮތް މިިންވަރަކުން އާންމުންނަށް ޖަލްސާއަށް އަޑުއެހުމަށް ވަދެވޭ ގޮތަށް ހަމަޖެއްސުމަށެވެ. މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހަކީ އާއްމު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސާފައިވާ އޮފީހެކެވެ. 

މާލޭ ސިޓީ ކައުންސިލްގެ ބައްދުވުންތައް ލައިވްކުރުމަށް ނިންމާފައިވާއިރު، މިހާރު މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އަދި މާލޭ ސިޓީގެ މޭޔަރުގެ ޓިކެޓް ހޯއްދަވާފައިވަނީ އެމްޑިޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް