ads
ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް މަޖިލީހަށް ވަޑައިގެންފި
މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންފި އެވެ.

މިއީ ރައީސް ސޯލިހް ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ ބާއްވާފައިވަނީ ދަރުބާރުގޭގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާފައިވަނީ ވެސް ދަރުބާރުގޭގަ އެވެ. މިއީ 2016 ގެ ފަހުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ބާއްވާ ފުރަތަމަ ފަހަރެވެ. 

ރައިސް ޔާމީން ދަރުބާރުގޭގައި ރިޔާސީ ބަޔާން އިއްވުމަށް ފެއްޓެވީ، މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އޭރުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކޮށް ރިޔާސީ ބަޔާން އިއްވުމަށް ހުރަސްއެޅުމާއި ގުޅިގެންނެވެ. އަދި ރައީސް ސޯލިހް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ދަރުބާރުގޭގައި ދެއްވި އިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. 

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ރިއާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާނީ ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށެވެ.

ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ. ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމަށް ގަވާއިދުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް