ads
ސްވްޑިންގެ ފެތުންތެރިޔާ
އަގުބޮޑު ކުޅިވަރު އެވޯޑުގެ މެހެމާނުން ރާއްޖެ އަންނަން ފަށައިފި
ކުރިން މާ ބޮޑު ޕްލޭން ކުރުމަކާ ނުލައި ކުއްލިއަކަށް އިއުލާންކޮށް، އަދި އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސްގައި ބައިވެރިވާ ބޭރުގެ މެހެމާނުން ރާއްޖެ އަންނަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ކަނޑައަޅާފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ބައިވެރިވާ ބޭރުގެ މަޝްހޫރު އެތްލީޓުންގެ ތެރެއިން ސްވިޑެންގެ ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް، ޕޫލް ބިލިއާޑްގެ ދުނިޔޭގެ ޗެމްޕިއަން އޮސްޓްރިއާގެ އަލްބިން އޫޝާން އަދި ކުރީގެ ރެފްރީ ޖަރުމަނުގެ މާކަސް މާކް މިނާރުވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުންވެސް ސްޕޯޓްސް އެވޯޑުގައި ބައިވެރިވުމަށް މަޝްހޫރު ކުޅިވަރު ޝަޚްސިއްޔަތުތަކުގެ އިތުރުން ސަރަހައްދީ ގައުމުތަކުގެ ކުޅިވަރު ވަޒީރުން ވަޑައިގަންނަވާނެއެވެ.

ކުއްލި ގޮތަކަށް އިއުލާންކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ އަގުބޮޑު އިވެންޓެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އިވެންޓް ހަފްލާއަށް އެކަނިވެސް ތިން މިލިއަނެއްހާ ރުފިޔާ ސަރުކާރު ޚަރަދު ކުރާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް