ads
ކަސްޓަމްސްއިން މިއަދު އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސްއިން އަނެއްކާވެސް 3 މިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގެންފި
ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިއަދު ތިންމިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި އަތުލައިގަނެވުނު އިރު މިދިޔަ ހުކުރު ދުވަހުވެސް ކޫރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. 

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. 

އެގޮތުން ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA - Ecstacy) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.115 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 3,000,000.00 (ތިން މިލިއަން ރުފިޔާ)އަށް އަރާ ކަމަށާއި،  މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސްޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް