ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރިޔާސީ ބަޔާން 2020: ރައީސް ސޯލިހް ދެވަނަ ރިޔާސީ ބަޔާން އިއްވަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވައިފި އެވެ.

ރައީސް: ކޮންމެ ކަމެއް ވެސް ކުރެވޭނީ ގައުމީ މަސްލަހަތަށް އިސްކަންދީގެން. ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވަނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް. އަޅުގަނޑުވީ ވައުދުތައް ފުއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ނަތީޖާ ފެންނަމުން އެބަދޭ. އަޅުގަނޑުމެން އެންމެ މިފެށި ދަތުރު ފެށި ގޮތުގައި ދެމިތިބޭނަން.

ރައީސް: ގޮތް ނޭނގޭ މަރުތައް ބެލި ކޮމިޝަންގެ ފައިނަލް ރިޕޯޓްތައް ވަނީ އެކުލަވާލަން ފަށާފައި. އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ވަނީ ރިޕޯޓް އެކުލަވާލަން ފަށާފައި. އޭގެފަހުން އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނަން. 

ރައީސް: ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމެއް ނެތުން. މާލެ ސަރަހައްދުގައި 20،000 އާއިލާ ބޯހިޔާވަހިކަން ބޭނުންވޭ. ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރު ހައްގުވެރިންނަށް ހަވާލުކުރެވޭނެ. މިސަރުކާރުން މާލެ ސަރަހައްދުގައި ހަދަން ނިންމި 4000 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރު ފެށޭނެ. ވެށިފަހި އެންމެން ސަރުކާރާ އެކު އެއްބަސްވި ގޮތަށް ކަންކަން ހަމަޖެހޭނެ

your image

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް: ރަށްތަކުން ލިބޭ އެންމެ ބޮޑު ޝަކުވާ އަކީ ކުނި ރަނގަޅު ގޮތުގައި ނައްތާނުލެވުން. މިއަހަރު މިކަމަށް ހައްލެއް ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާނެ. ކުނިން ކަރަންޓް އުފައްދައިގެން އައްޑޫ އާއި މާލެއަށް ހިދުމަތް ދެވޭނެ. ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް އޮތް އެންމެ ބޮޑު ނުރައްކާ. ސަގާފީ ތަރިކައި ހިމާޔަތް ކުރުމުގެ މަސައްކަތުގެ ސާވޭ އެއް މިހާރު ވަނީ ހަދާފައި.

ރައީސް: ރައްޔިތުންނަށް ސާފު ބޯފެން، ނަރުދަމާ ލިބުމަކީ އެންމެ އިސްކަންދޭ އެއް މަސައްކަތް. މިދައުރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް މިހިދުމަތް ލިބޭނެ. ރަށްތަކަށް އުދައެރުން މިވަނީ ވަރަށް ބޮޑުވެފައި. މިކަމުން ލިބޭ ގެއްލުން ކުޑަކުރަން ސަރުކާރުން މިދަނީ ފިޔަވަޅުތަކެއް އަޅަމުން. އިއާދަކުރަނިވި ހަކަތައިން 5.2 މެގަވޯޓްގެ ކަރަންޓު މިދިޔަ އަހަރު ވަނީ އުފެއްދިފައި. ހުޅުމާލޭގައި ހަދާފައިފވާ 52 މެގަވޯޓްގެ އިންޖީނުގެއިން މިދިޔަ އަހަރު ވަނީ ހިދުމަތް ދޭން ފަށާފައި

ރައީސް: ތައުލީމީ މަންހަޖަށް ބަދަލު ގެނެސް ކޯޑިން ދަސްކޮށްދޭން ފަށާނަން. ރައްޔިތުންގެ އައިޑީކާޑު މިއަހަރު ޑިޖިޓަލް ކުރަން ފަށާނެ. މިދިޔަ އަހަރު ކުޅިވަރުގައި ވަރަށް ކާމިޔާބު. ބައިނަލްއަގްވާމީ 49 މެޑަލް މިދިޔަ އަހަރު ލިބުނު. ދުވުމުން ރަން މެޑަލް ލިބުނު. ގައުމީ ޓީމަކަށް ފަސް އަހަރު ކުޅެ، ރިޓާޔާކުރާ ކުޅުންތެރިންނަށް ދިރިއުޅުމަށް މަަސައްކަތް ފެށުމަށް ލޯން ސްކީމެއް ތައާރަފްކުރަން މިދަނީ ތައްޔާރުވަމުން. 

ރައީސް: ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްގެން މިއަހަރުގެ ތެރޭގައި ކުންފުންޏެއް އުފައްދާނަން. އެ އުފެއްދުންތަކަށް މާކެޓް ހޯދައިދޭނެ.

ރައީސް: މަސްވެރިކަން ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އެގޮތުން މަސް ފެކްޓަރީ ތަކުގެ ކެޕޭސިޓީ މިއަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކުރެވޭނެ. ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމުގެ މަތިން ލޭނު މަސްވެރިކަން ކުރަން ބޭރު މީހުންނަށް ދީފައިވާ ހުއްދަތައް ވަނީ ބާތިލްކޮށްފައި. ފައިބަރުގެ ބައެއް މަސައްކަތްތަކަށް ބޭނުންވާ ބައެއް ތަކެތީގެ ޑިއުޓީ ކަނޑާލެވޭނެ. ޑައިވިން ޕްރޮގްރާމެއް މިއަހަރު ފަށާނެ.

ރައީސް: ދަތުރުފަތުރުގެ ކަންކަން މިހާރަށް ވުރެ ރަނގަޅުކުރަންޖެހޭ. މިއަހަރު ވެސް އެއާޕޯޓްތަކެއް ހުޅުވަން މިދަނީ ތައްޔާރުވަމުން. އުތުރަށް އާ ދަތުރުތަކެއް ފެށުމަށް މިދަނީ ތައްޔާރުވަމުން. ސްޕީޑް ފެރީ ބޭނުންކުރާނެ. މިއަހަރު އެ ހިދުމަތް ފަށާނެ.

ރައީސް: ފަތުރުވެރިކަމުގެ އަމާޒަށް މިދިޔަ އަހަރު ވާސިލްވި. އަމާޒުކުރީ 1.5 މިލިއަން ފަތުރުވެރިންނަށް. ނިމުނުއިރު އައިސްފައިވޭ 1.7 މިލިއަން ފަތުރުވެރިން. މިއަހަރުގެ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން. ރާއްޖޭގެ ފަތުރުވެރިކަމަށް މިވަނީ ހިޔަނި އެޅިފައި. ކޮރޯނާއާ ގުޅިގެން 13000 އަށް ވުރެ ގިނަ ބުކިން މިވަނީ ކެންސަލް ކޮށްފައި. މިއަހަރު ރާއްޖެ އިޝްތިހާރުކުރަން އިތުރު މަސައްކަތްތަކެއް މިވީ ގޮތުން ކުރަންޖެހޭނެ.

ރައީސް: ގުޅިފަޅު ޕޯޓް މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ. މާލެ ވިލިމާލެ ބްރިޖުގެ ދިރާސާ ވަނީ ނިމިފައި. މިއަހަރު ބްރިޖުގެ މަސައކަތް ފަށާނެ. ޓެކްސްގެ ނިޒާމަށް މިވަނީ ބަދަލުތަކެއް ގެނެސްފައި. މިނިމަމް ވޭޖުގެ ބިލް މަޖިލީހުގެ މިދައުރަށް ހުށަހަޅާނަން. މިއަަހަރަށް ސަރުކާރުން ހުށަހެޅީ ރެކޯޑް ބަޖެޓެއް. އަންނަ އަހަރުވެސް ރެކޯޓް ބަޖެޓެއް މަޖިލީހަށް ހުށަހަޅާނަން. މިއީ ރަނގަޅު ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް. ހިލޭ އެހީ އާމްދަނީ 23 ބިލިއަން ރުފިޔާ މިދިޔަ އަހަރު. ހަރަދުކުރީ 28 ބިލިއަން ރުފިޔާ މިދިޔަ. މިއަހަރު އާމްދަނީ 24.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭ. ހިލޭ އެހީގެ ގޮތުގައި 5.2 ބިލިއަން ރުފިޔާ ލިބޭނެ. އިގްތިސޯދީ ދުވެލި މިއަހަރު ހުންނާނީ 7.5 އިންސައްތައިގައި. ރަސްމީ ރިޒާވްގައި މިއަހަރު ނިމޭއިރު 818 މިލިއަން ޔޫއެސް ޑޮލަރު ހުންނާނެ.

ރައީސް: ބައިނަލްއަގްވާމީ އެހީތެރިކަމާ އެކު މިމަހުގެ އެއްވަނަ ދުވަހު ރާއްޖެ އަލުން މިވަނީ ކޮމަންވެލްތުގެ މެންބަރުކަން ހޯދާފައި. އެސްއެމްއީ ބޭންކުން 308 ވިޔަފާރިއަކަށް 300 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ލޯން ދޫކުރި. މިއަހަރުވެސް 400 އަށް ވުރެ ގިނަ ލޯން ދޭނެ. އިމްޕޯޓް އެކްސްޕޯޓްގެ ކަންކަމަށް ލުއިތަކެއް ގެނައުމަށް އޭޕްރީލްގައި ކަންތައްތަކެއް ހަމަޖެއްސޭނެ.

ރައީސް: މިދިޔަ އަހަރު ގެނެވުނު އެންމެ ރަނގަޅު ބަދަލަކީ ލާމަރުކަޒީ ނިޒާމަށް އިސްލާހުތަކެއް ގެނައުން. މީގެތެރެއިން ވެސް އަންހެނުންނަށް ޖާގަތަކެއް ހާއްސަކުރެވުން ފާހަގަކުރަން. މިހާރު މިވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ ތެރެއަށް ވަދެވިފައި. ވިސާއާ ނުލައި އީޔޫއަށް މިހާރު ދަތުކުރެވޭނެ. ޗައިނާ މޮރޮކޯއަށް ވެސް މިފަސޭހަ ވަރަށް އަވަހަށް ލިބޭނެ. 

ރައީސް: ދިވެހި ސިފައިންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ ގައުމު ދިފާއުކުރުމާއި ރައްކާތެރިކަން ގާއިމުކުރުން. އާންމުންގެ މުދާ ރައްކާތެރިކުރުމަށް ސިފައިންނާއި ފުލުހުންގެ ފަރާތުން މިދިޔަ އަހަރު ރީތި މިސާލުތައް ފެނުނު. ފުލުހުންގެ ހިދުމަތުގެ ބިލެއް މިހާރު ވާނީ މަޖިލީހަށް ފޮނުވާފައި. ނެއިބަހުޑް ޕޮލިސް މިއަހަރު އިތުރު އަތޮޅުތަކަށް ދޭނަން. ފުލުހުންނަށް އިތުބާރު ގާއިމުކުރުމަށް އަދިވެސް މަސަައްކަތް ކުރަންޖެހޭ. ޖަލުތައް ތޮއްޖެހުމަކީ ކުރިމަތިވެފައި އޮތް މައްސަލައެއް . އެކަމަށް ހައްލެއް ހޯދުމަށް މިއަހަރު މަސައްކަތް ފެށޭނެ. އާއިލީ ބައްދަލުވުން ދެ ގަޑިއިރަށް ބަދަލުކޮށް އެކަހެރި ބައްދަލުވުން ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައި

ރައީސް: ފަސް ސަރަހަދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިއްޖެ. އިންޑިއާ ސަރުކާރުގެ ހަރަދުގައި ކެންސާ ހޮސްޕިޓަލް ހެދުމުގެ މަސައްކަތް ވަނީ ފެށިފައި. ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކުރެވޭނެ އިންތިޒާމު މިދަނީ ހަމަޖައްސަމުން. ނަފްސާނީ ބަލި މީހުންގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުންނަށް އައިޖީއެމްއެޗްގެ ސެންޓަރުގައި ވަނީ ފަރުވާ ދެވިފައި. އިޖުތިމާއީ ރައްކާތެރިކަން ވަރުގަދަ ކުރުމުގެ ގޮތުން އިސްރަށްވެހިންގެ ހިޔާ ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ. ވިސިލްބްލޯވަ ޕޯޓަލް އަށް ހުށަހެޅުނު މައްސަލަތައް ވާނީ ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފައި. މާލީ ހިސާބުތައް މިދިޔަ އަހަރުން ފެށިގެން މިދަނީ ހާމަކުރަމުން.

ރައީސް: ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުން ފެށިގެން 5000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އައި. ހަޔަ އެޑިޔުކޭޝަން ބޭނުން 4000 އަށް ވުރެ ގިނަ ކުދިންނަށް ލޯން ދެވިފައިވޭ. ހެނދުނުގެ ނާސްތާ ޕްރޮގްރާމު މިވަނީ ފެށިފައި. ފެންވަރު ރަނގަޅު ޓިވެޓް ސެންޓަރުންތަކެއް މިއަހަރު ހުޅުވާނެ.

your image

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް: ޖޭއެސްސީގެ ގާނޫނު އިސްލާހުކުރުމުގެ ބިލަކާއި މަދަނީ އިޖުރައާތުގެ ބިލެއް މިދިޔަ އަހަރު ވާނީ މަޖިލީހަށް ފޮނުވާފައި. ކޯޓުތަކުގެ ގާނޫނު އިސްލާހުކުރުމުގެ ބިލެއް މިދައުރަށް ހުށަހަޅަން މިދަނީ މަސައްކަތް ކުރަމުން.

ރައީސް: ދީނީ ހަރުކަށި ފެތުރުމަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެއް. މިކަން ބޮޑުވީ އޭރުގެ ސަރުކާރުތަކުން މިއީ ނުހިނގާ ކަމެއް ކަމަށް ހަދައިގެން އެކަމަށް އަޅާނުލާ އޮތީމާ. މިއަހަރު ތެރޭގައިވެސް މިކަން މޮނީޓާކުރަން ފެށޭނެ. ޓެރަރިޒަމާ ގުޅުންހުރި ކަންކަމުގައި މުއާމަލާތް ކުރަންޖެހޭ ފަރާތްތަކާ މުއާމަލާތް ކުރެވޭނެ. ރިހިބިލިޓޭޓް ކުރަން ޖެހޭ މީހުންގެ މަރުކަޒު މިހާރު ވަނީ ނިމިފައި. ނުވަ ރަށެއްގައި މިއަހަރު މިސްކިތް އަޅަން ފެށޭނެ. މިދިޔަ އަހަރު 12 މިސްކިތް ހުޅުވުނު

ރައީސް: މިދިޔަ އަހަރުގެ އެންމެ ބޮޑު ހަމަޖެހުމަކީ ހަމަޖެހުން. އަޅުގަނޑަށް މިއަހަރު ލިބުނު އެންމެ ބޮޑު ބައިވެރިޔަކީ ރައްޔިތުންގެ މަޖިލިސް. މަޖިލީހަށް ސަރުކާރުން ފޮނުވި 49 ބިލްގެ ތެރެއިން 27 ބިލް ވަނީ ފާސްކޮށްފަ. މިއަހަރު 56 ބިލެއް ފޮނުވާނަން. އެއީ މުޅިން އަލަށް 24 ބިލަކާއި އިސްލާހުކުރުމަށް 32 ގާނޫނެއް. މިމަޖިލީހަށް މިވީ އަށެއްކަ މަސް ދުވަސް ތެރޭގައި ރައްޔިތުންނަށް ފެނިގެން މިދިޔައީ ދައުލަތުގެ ބާރުތައް މިނިވަންކޮށް ހިނގަން ފެށި ރީތި މިސާލެއް. ރައްޔިތުންނަށް މިކަމުން ލިބޭނެ މަންފާތައް ހުންނާނެ.

your image

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް: އަޅުގަނޑު ހުއްޓި މިހުރީ ދުސްތޫރީ ޒިންމާ އަދާކުރުމަށް. ގައުމުގެ ހާލަތު ބަޔާންކުރުމަށް. ދުނިޔޭގައި ކަންހިނގާ މަގަކީ އެއް ކަމެއްވެސް އެއްގޮތަށް ނޯވެ ބަދަލުވުން. މިއަދު މުޅި ދުނިޔެއަށް ހުރަސް އަޅަނީ ކޮރޯނާ ވައިރަސް. ރާއްޖެއިން މިދަނީ ދިވެހި ރައްޔިތން އެބަލިން ރައްކާތެރިކުރުމަށް. މިއީ އިގްތިސޯދީ ގޮތުން ގެއްލުން ކުރުވާނެ ކަމެއް. ބައެއް ފްލައިޓްތައް ހުއްޓާލީ ރައްޔިތުންގެ ސަލާމަތަށް. މިކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރެއް އަޅާނެ. ލެބޯޓްރީއަށް ފޮނުވި ސާމްޕަލްތައް ރޭގެ ވަގުތެއްގައި ވަނީ އަޅުގަނޑަށް ލިބިފައި. އެކަކުވެސް އެ ވައިރަހަށް ޕޮޒިޓިވް ވެފައެއް ނުވެ. މިދިޔަ މަހެއްހާ ދުވަސް މިހޭދަކުރީ ވަރަށް ހިތްދަތި ކަމުގައި. ކުޑަކުއްޖެއްގެ އެންމެ ގާތުގައި ތިބި ބަޔަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރީމާ. އަދުލު އިންސާފު އަރާ ހަމަނުކުރީމާ މިހެންވީ. ކުޑަކުދިންނަށް ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން 2012 ވަނަ އަހަރުން ފެށިގެން ކޯޓުތަކަށް ފޮނުވި މައްސަލަތައް ކޯޓުގައި ނުނިމި އެބަހުރި. މައްސަލަތައް ނުނިމި ލަސްވުމަކީ އެކަން ކުރާ މީހުންނަށް ލިބޭ ހިތްވަރެއް. ކަޑަކުދިންގެ ގާނޫނަށް މިމަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށުމުން ކަންކަމަށް ހައްލުތަކެއް ހޯދޭނެ. ކުޑަކުދިން ސުކޫލަށް ނުފޮނުވުމަކީ ވެކްސިން ނުދީ ހިފެހެއްޓުމަކީ މައިންބަފައިންނަށް އިހްތިޔާރެއް ނޫން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް