ads
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ފުރުސަތު ލިބުނީ ދައުލަތުގެ އިދާރާތައް އިހްމާލުވުމުން: ރައީސް
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިނގާފައިވަނީ ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިނގާފައިވަނީ ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިދިޔަ މަހެއްހާ ދުވަސް އަޅުގަނޑުމެން މިހޭދަކުރީ، ވަރަށް ހިތްދަތި އިހްސާސްތަކެއްގެ ތެރޭގައި ކަމަށެވެ. އެއީ އުމުރުން އެންމެ ދެ އަހަރުނުވާ މައުސޫމު ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިހްސާސްތައް ކަމުގައިވެސް ވިދާޅުވި އެވެ. 

"އެކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ އަދުލު އިންސާފު އަރައި ހަމަނުކުރުން. އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތައް އަދިވެސް ނުނިމި އެބަހުރި ކަމަށެވެ. ޝަރުއީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމުގައިވެސް ވިދާޅުވި އެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފަށާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ގާނޫނަށް އަމަލުކުރަން ފެށުމުން ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ކުރެވޭނެ ކަމަށެވެ. މިގާނޫނު މިސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރީ ކުރީގެ ސަރުކާރުތަކުން މި ގާނޫނު ފާސްކުރުމުގެ ވާހަކަ ދައްކާތާ އެތައް އަހަރެއް ފަހުގައި ކަމަށްވެސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދަރިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ނުހައްދައި، ވެކްސިން ނުޖަހައި އަދި ދަރިން ސްކޫލަށް ނުފޮނުވައި ގެންގުޅުމަކީ މިހާރު ތަސްދީގު ކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް ބަލާއިރު މައިންބަފައިންނަށް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ. އެފަދަ ކުދިން ތިބިތޯ ބަލައި، އެކުދިންނަށް ވެކްސިން ދީ، ސްކޫލަށް ފޮނުވުމުގެ ކަންތައްތައް މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް