ads
މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު--
މާލެ ސިޓީ ކައުންސިލުން ރޯދަ މަހު ވޮލީ މުބާރާތެއް ބާއްވަނީ
އަންނަ ރޯދަ މަހު، މާލޭ ސިޓީ ކައުންސިލުން ވޮލީ ބޯޅަ މުބާރާތެއް ބާއްވަން އިއުލާންކޮށްފިއެވެ. ސިޓީ ކައުންސިލުންވަނީ އަންހެން އަދި ފިރިހެން ވޮލީ މުބާރާތެއް ބާއްވަން އިއުލާންކޮށްފައެވެ.

ސިޓީ ކައުންސިލުން އިއުލާންކޮށްފައިވާ ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ސާޅީސް ފަސް ހާސް ރުފިޔާ އަދި ދެވަނަ ޓީމަށް ފަންސަވީސް ހާސް ރުފިޔާ ސިޓީ ކައުންސިލުން ހުށަހަޅާފައިވެއެވެ. ތިންވަނަ ޓީމަށް ފަނަރަ ހާސް ރުފިޔާ އަދި ހަތަރުވަނަ ޓީމަށް ދިހަ ހާސްގެ އިތުރުން ފަސް ވަނަ ޓީމަށް ފަސް ހާސް ރުފިޔާ ދިނުމަށްވެސް ސިޓީ ކައުންސިލން މިއަދުކޮށްފައިވާ މާލޭސިޓީ ކައުންސިލްގެ ޕާރކް ވޮލީބޯޅަ މުބާރާތް 2022 ގެ އިއުލާނުގައިވެއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މުބާރާތު ގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް ގައި ރަޖިސްޓްރީ ވެފައިވާ ކުލަބް/ޖަމިއްޔާ ތަކަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އާއި މުބާރަތުގެ ޤަވާއިދު މާލޭސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުތާރީޚް އަކީ 27 މާރޗް 2022 އެވެ. މި މުބާރާތުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭސިޓީ ކައުންސިލްގެ ބިއުރޯ (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ގެ 3 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 2:00 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް