ads
ފޮޓޯ/ގޫގްލް
މޫނުގައި ހުންނަ ރޫތައް ފިލުވާނީ ކިހިނެއް؟
އުމުރުން ދުވަސްވާ ވަރަކަށް މޫނުމައްޗާއި ކަރު ދަށުގައި ރޫތައް ދަނީ އުފެދެމުންނެވެ. މި ރޫތަކުން ސަލާމަތް ވުމަށް އެތައް މަސައްކަތެއް ކުރާމީހުން އުޅެއެވެ.

އެގޮތުން ފިނިފެނަކީ މޫނުގައި ހުންނަ ރޫތަކުގެ އިތުރުން މޫނު ދޮންކޮށްދީ، ހަންގަނޑު އިތުރަށް ޒުވާންކޮށް ތާޒާކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ފިނިފެނަކީ އިރުގެ ދޯދިތަކުން ލިއްބައިދޭ ގެއްލުންތަކުން ވެސް ސަލާމަތްކޮށްދޭ އެއްޗެކެވެ.  ފިނިފެނުގެ ސަބަބުން މޫނުގައި ހުންނަ ވަޅުގަނޑުތައް ބާރުވެ ބަންދުވެ އެވެ. 

ބަދިގޭގައި އާންމުކޮށް ކާނާ ތައްޔާރުކުރަން ބޭނުންކުރާ ބާވަތްތަކަކީ ހަމަ އެކަނި ކެއުމުގައި ނޫނަސް ބޭނުންކުރެވޭނެ ތަކެއްޗެވެ. އެގޮތުން ފިޔަލުގައި އެކުލެވޭ ވިޓަމިން އޭ، ސީ އަދި އީ ގެ ސަބަބުން ހަންގަނޑު އަލިކޮށްދީ، އަހަރަމެން ބޭނުންވާފަދަ ރީތި ހަންގަޑެއް ލިއްބައިދެއެވެ. އަދި ހަންގަނޑުގައި ހުންނަ ކުދި ރޫތައް ފިލުވުމަށް އެހީތެރިވެދެއެވެ. 

ދިރާސާއަކުން ދައްކާ ގޮތުގައި، ފިޔާގެ އޮލަ ޖެލް އުނގުޅުމުން ހަންގަނޑުގައި އުފެދިފައި ހުންނަ ކެނޑުމުގެ ނިޝާންތަކާއި، ސްޓްރެޗް މާކް ފިލުވުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން ރީނދޫ އަކީ ވެސް މޫނުގައި އުފެދޭ ކުދި ރޫތައް ފިލުވާލާ މޫނުގެ ހަންގަނޑު އޮނމާންކޮށްދިނުމަށް އެހީވެދިނުމުގެ އިތުރުން މޫނުގައި ހުންނަ ގުދުރަތީ އޮފުކަން ދެމެހެއްޓުމަށް އެހީވެދޭ ބާވަތެކެވެ. އެގޮތުން ރީނދޫ ތެރެއިންވެސް ގޮއް ރީނދުލަކީ ދިވެހި ބޭސްވެރިކަމުގެ ތެރެއިންވެސް ބޭނުންކުރާ ފައިދާހުރި ބާވަތެކެވެ. އަދި ހަންގަނޑު ބޯވުމާއި އެންޒިމިއާގެ ބަލި ފަދަ ހަމުގެ ގިނަ މައްސަލަތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް