ads
ގުޅިފަޅު ބްރިޖާ ގުޅޭ މައުލޫމާތު ދެނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
ގްރޭޓާ މާލެ ބްރިޖުގެ ސާވޭ ފަށައިފި
މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅިފަޅު ގުޅާލާ ބްރިޖްގެ މަސައްކަތާ ގުޅޭގޮތުން ރިޔާސީ ބަޔާންގައި ރައީސް ސޯލިހް މިއަދު ވިދާޅުވީ އެ ބްރިޖްގެ ޑިޒައިނާއި ސާވޭގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި މި ބްރިޖުގެ މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި މިމަސައްކަތް ނިމިގެންދާނެ އެވެ.

ބްރިޖުގެ ސާވޭ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ބްރިޖުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. 

މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅިފަޅު ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އެވެ.

މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދަން ނިންމާފައިވާ ބުރިޖްގެ މަޝްރޫއަށް 488 މިލިއަން ޑޮލަރު ނުވަތަ 7.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ. 

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް