ads
މަޖިލިސް ފެއްޓުމަށް ސަލަވާތް ކިޔެވި ކިޔެވުމަށް ޑރ. އިޔާޒް ފާޑުވިދާޅުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ސަލަވާތް ކިޔެވި ކިޔެވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފާޑު ވިދާޅުވެއްޖެ އެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަލަވާތް ކިޔެވުމަކީ ނެތި ގޮސްފައިވާ ބިދުއައެއް ކަމަށެވެ.

"ނެތި ގޮސްފައިވާ ބިދުއައެއް އަލުން އިޔާދަކުރުމަކީ ވަރަށް ނުބައި ކަމެއް. ތުންޖީނާ ސަލަވާތަކީ ސުންނަތުން ސާބިތުވާ ސަލަވާތެއް ނޫން." ޑރ. އިޔާޒްގެ ޓްވީޓްގައި ވެއެވެ.

ޑރ. އިޔާޒް މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ހަމްދު ސަލާވާތް ކިޔަވާދެއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. 

މިއީ ފަހުގެ ތާރީހެއްގައި މިގޮތަށް މަޖިލިސް ހުޅުވުމުގެ ކުރިން ސަލަވާތް ފާތިހާ ކިޔެވުނު ފުރަތަމަ ފަހަރެވެ.  

27%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް