އަހުމަދު އަބްދުﷲ އަފީފް އެމަގާމުން ވަކިކުރައްވާފައިވާ ސަބަބެއް ރައީސްއޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް އޭނާ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރައްވާފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ.
އެހެންނަމަވެސް މީޑިއާތަކަށް ރައީސް އޮފީހުން ބުނެފައިވަނީ އޭނާ އާ ގުޅޭ މައްސަލަތެއް ބަލަމުންދަނިކޮށް އިތުރު މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ.
އަހުމަދަކީ ރައީސް ޔާމީނުގެ ދައުރުގައި ރައީސް ނަޝީދު ޖަލަށްލުމުން އެމަނިކުފާނުގެ ލީގަލްޓީމުގައިވެސް ހިމެނިޥަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.