އޭނާ މަގާމުން ވަކިކުރައްވާ ސިޓީ ވެސް ހަވާލުކުރައްވާފައިވާ ކަން ރައީސް އޮފީހުން “ސީއެންއެމް”އަށް ކަށަވަރުކޮށްދެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ސީއެންްއެމްއަށް މިއަދު ވިދާޅުވީ އޭނާ ވަކިކުރައްވާފައިވަނީ މަގާމުގެ މައްސޫލިއްޔަތު އެކަށީގެންވާ މިންވަރަށް އަދާ ނުކުރައްވާތީ ކަމަށެވެ.
އަދި އަހްމަދު މަގާމުން ވަކިކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތެރޭގައި ކޮކެއިން ބޭނުންކުރަނިކޮށް ފެނިގެން ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކުރެއެވެ.
އަހުމަދު އަބްދުﷲ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.