ads
މަރްޒޫގު އަދި މަހްލޫފު
ސްޕޯޓްސް އެވޯޑަށް ދައުވަތުވެސް ނުދޭ: މަރޭ
ތިރީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭއްވި ސްޕޯޓްސް އެވޯޑަށް ދައުވަތުވެސް ނުލިބޭ ކަމަށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ އަދި ފަހުގެ ތާރީޚެއްގއި ދިވެހި ކުޅިވަރަށް އެންމެ ބޮޑު ޚިދުމަތެއް ކުރި އެކަކު ކަމަށްވާ އަހްމަދު މަރްޒޫގު ވިދާޅުވެއްޖެއެވެ.

މި ފަހުން ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑު ޚިދުމަތްތެރިޔާގެ ގޮތުގައި ގިނަ އެތްލީޓުން ގަބޫލު ކުރާ މަރޭއަށް ސްޕޯޓްސް އެވޯޑަށް ދައުވަތު ނުލިބޭކަން އޭނާ ހާމަ ކުރައްވާފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. 

ސްޕޯޓްސް އެވޯޑް ހަފްލާއިން އަޅުގަނޑު ނުފެނިގެން ސުވާލު ކުރި އެންމެހާ އެތްލީޓުން، ކޯޗުން އޮފިޝަލުން ނޫސްވެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑަށް ހަފްލާއަކަށް އިންވައިޓެއް ނުކުރެއޭ. ވެދާނެ ކުޅިވަރުގެ މި ފަދަ ހަފްލާއަކަށް އިންވައިޓް ކުރާ ފަސް ސަތޭކަ މީހުންގެ ލިސްޓަށް އަދި ނާރަނީ ކަމަށް.

މަރޭ ވިދާޅުވީ، އޭނާއަށް ދައުވަތު ލިބުން މުހިއްމު ނޫން ކަމަށެވެ. އެހެންނަމަވެސް މަރޭ ދެކެވަޑައިގަންނަވާ ގޮތުގައި މުހިއްމީ ފިރިހެނުންގެ ފުޓްބޯޅަ ނޫން އެހެން ކުޅިވަރުވައް މި ގައުމުގައި ނެތް ކަމަށް ބަލައިގެން ތިބި ތިބުން ނިމުން ކަމަށެވެ. 

ސްޕޯޓްސް އެވޯޑަށް މަރްޒޫގަށް ދައުވަތު ނުލިބުނު އިރު، ގިނަ ބަޔަކު އަންނަނީ ބޮޑު ހޭދައެއް ކޮށްގެން ބޭއްވި މި އެވޯޑަށް ފާޑު ކިޔަމުންނެވެ. ތިރީހަކަށް މިލިއަން ރުފިޔާ ހަރަދު ކުރެވުނު ކަމަށް ބެލެވޭ މި އެވޯޑުގައި ގިނަ ކަންތައްތަކެއް ދޯދިޔާކަމާއި އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކުޅިވަރު ވަޒީރު މަހްލޫފަށް ފާޑު ކިޔަމުންނެވެ. 

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް