ads
މަހްލޫފު މަރްޒޫގާ އެކު
މަހްލޫފު މަރްޒޫގަށް: ފޮނުވި ލިސްޓުގައި ނަން އޮންނާނެ
އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކެއްޓްރީ ޖެނެރަލަށް ސްޕޯޓްސް އެވޯޑަށް ދައުވަތު ލިބިފައި ނެތްނަމަވެސް މިނިސްޓަރު ފޮނުވި ލިސްޓްގައި މަރްޒޫގުގެ ނަން އޮންނާނެ ކަމަށް ވިދާޅުވެ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު، މަރްޒޫގަށް ޖަވާބު ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އޮތް ސްޕޯޓްސް އެވޯޑަށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކެއްޓްރީ ޖެނެރަލް އަހްމަދު މަރްޒޫގަށް ދައުވަތު ނުފޮނުވާކަން ، މަރްޒޫގު ހާމަ ކުރެއްވުމާއި އެކު އެތައް ބަޔަކު އަންނަނީ ކުޅިވަރު ވަޒީރު މަހްލޫފަށް ފާޑު ކިޔަމުންނެވެ. އެތައް ބަޔަކު މަހްލޫފަށް ފާޑު ކިޔަމުން އަންނަނިކޮށް މަހްލޫފު ސޯޝަލް މީޑިއާގައި ވިދާޅުވީ އޭނާ ފޮނުވި ލިސްޓުގައި މަރްޒޫގުގެ ނަން އޮންނާނެ ކަމަށެވެ. 

އަޅުގަނޑު ސްޕޯޓްސް ޑިޕާޓްމެންޓަށް ދިން ލިސްޓުގައި މަރޭ އަދި ޝަވީދުގެ ނަން އޮންނާނެ. ތިކަން ތިހެން ހިނގުމަކީ ވަރަށް ދެރަކަމެއް. ވީގޮތް ބަލާނަން.

ތިރީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭއްވި ސްޕޯޓްސް އެވޯޑަށް ދައުވަތުވެސް ނުލިބޭ ކަމަށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ އަދި ފަހުގެ ތާރީޚެއްގއި ދިވެހި ކުޅިވަރަށް އެންމެ ބޮޑު ޚިދުމަތެއް ކުރި އެކަކު ކަމަށްވާ އަހްމަދު މަރްޒޫގު ވިދާޅުވެފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

މަރޭގެ މި ޕޯސްޓަށް މަހްލޫފު ޖަވާބު ދެއްވާފައިވާއިރު އެކަން ބަލާނެ ކަމަށް މަހްލޫފު ވިދާޅުވިޔަސް އެކަން ބެލިދާނެ ކަމަކަށް ނުފެނެއެވެ. މަހްލޫފަކީ، އެފްއޭއެމްގެ ތެރޭގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ ކަންތައްވެސް ބަލާނެ ކަމަށް ކުރިން ވިދާޅުވި ބޭފުޅެކެވެ. އެހެންނަމަވެސް ފަހުން މަހްލޫފުގެ ރާގު މުޅިންވަނީ ބަދަލު ވެފައެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް