ads
އިމްރާންގެ އާއިލާއާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ކުޅުންތެރިންނަށް ޚާއްސަ ސްކީމަކީ ޒުވާން އެތްލީޓުންނަށް ހިތްވަރެއް: އިމްރާން
ގައުމީ ޓީމުތަކަށް ކުޅުމަށް ފަހު ރިޓަޔާ ކުރާ ކުޅުންތެރިންނަށް ޚާއްސަ ސްކީމެއް ތައާރަފް ކުރަން ނިންމުމަކީ ކުޅިވަރުގައި ކުރިއަށްދާން ލިބޭނެ އިތުރު ހިތްވަރެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅުމަށް ފަހު ރިޓަޔާ ކޮށްފައިވާ އިމްރާން މުހައްމަދު ބުނެފި އެވެ.

ދިވެހި ތާރީޚު ދުށް އެންމެ މޮޅު ގޯލް ކީޕަރު އަދި ރާއްޖޭގެ އެންމެ އަޚްލާގު ރަނގަޅު އެއް އެތްލީޓު ކަމަށްވާ އިމްރާން މިހެން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޓެގްކޮށް މިއަދު ކުރި ޓްވީޓެއްގަ އެވެ.

"ރާއްޖޭގެ ހުރިހާ އެތްލީޓުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު ދަންނަވަން. މިއީ ކުޅިވަރުގައި، ގައުމީ ފެންވަރުގައި ކުރިއަށް ދާން ޒުވާން އެތްލީތުންނަށް ލިބިގެންދާނެ އިތުރު ހިއްވަރެއް" އިމްރާން ބުނެފައިވެ އެވެ.

ކުޅިވަރު ކުޅުންތެރިންނަށް ޚާއްސަ ސްކީމެއް ތައާރަފް ކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއުލާން ކުރެއްވީ މިއަދު އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

"ގައުމީ ޓީމަކަށް މަދުވެގެން ފަސް އަހަރު ކުޅެފައިވާ ކުޅުންތެރިން ރިޓަޔަރކުރުމުން، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ފެށުމަށް އެހީތެރިވެދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ލޯން ސްކީމެއް ތަޢާރުފުކުރުމަށް މިއަންނަނީ މަސައްކަތް ކުރަމުން" ރައީސް ވިދާޅުވި އެވެ.

ކުޅިވަރުގެ ތެރޭގައި ލިބޭ އަނިޔާތަކަށް ފަރުވާ ދެވޭނެ އިންޝުއަރެންސް ސްކީމެއް ވެސް ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ. 

"ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިމާވާ ކުޅިވަރުގެ އަނިޔާތަކަށް ފަރުވާދެވޭނެ އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޚިދުމަތް ލިބެން ފަށާނެ" ރައީސް ވިދާޅުވި އެވެެ. 

މީގެ އިތުރުން ރައީސްގެ ރިޔާސީ ބަޔާނުގައި ބައިނަލްއަގްވާމީ ފެންވަރަށް ކުޅުންތެރިން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުޅިވަރުގެ ހުނަރު ހޯދޭނެ ގޮތަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް