ads
ހޯދަމުން އަންނަ ބައެއް ބިދޭސީން. ފޮޓޯ: އިމިގުރޭޝަން
އެކި މައްސަލަތަކުގައި ޝާމިލްވާ 45 ބިދޭސީއަކު ހޯދަނީ
ރާއްޖޭގައި އުޅޭ 45 ބިދޭސީއަކު ހޯދަން މޯލްޑިވްސް އިމިގުރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގުރޭޝަނުން ކުރި އިއުލާނެއްގައި ބުނީ އެ 45 ބިދޭސީންނަކީ އެކި މައްސަލަތަކާއި ގުޅިގެން ހޯދަމުން އަންނަ މީހުން ކަމަށެވެ.

އެ މީހުންގެ ފޮޓޯ އާންމުކޮށް އިމިގުރޭޝަނުން އެންގީ ކުރިއަށް އޮތް ހަތް ދުވަސްތެރޭގައި ''އެކްސްޕެޓްރިއޭޓް މޮނިޓަރިން އެންޑް ރެޕަޓްރިއޭޝަން ޑިވިޝަން'' އަށް އެ މީހުން ހާޒިރުވުމަށެވެ. އެ މީހުންގެތެރޭގައި ހިމެނެނީ އަށް އަންހެނަކާއި, 37 ފިރިހެނެކެވެ.

އެއީ ބަންގްލަދޭޝްގެ 34 މީހުންނާއި, އިންޑިއާގެ ތިން މީހުންނާއި, ނައިޖީރިއާ ދެ މީހުންނާއި, ތައިލޭންޑާއި, އިޓަލީއާއި, ސްރީލަންކާއާއި, ފިލިޕީންސާއި, ބްރިޓިޝް އާއި, އިތިއޯޕިއާގެ މީހެކެވެ.

އިމިގުރޭޝަނުން ބުނީ އެއީ އެ އިދާރާގެ އެކި ސެކްޝަންތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހޯދަމުންދާ މީހުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް