ads
ފުލައިޓް ވެއްޓުނު ސަރަހައްދު
ގިނަ ބަޔަކާއި އެކު ދަތުރު ކުރަމުންދިޔަ ޗައިނާގެ ފުލައިޓެއް ވެއްޓިއްޖެ
132 ފަސެންޖަރުން އަރުވައިގެން ދަތުރު ކުރަމުން ދިޔަ ޗައިނާގެ ފުލައިޓެއް ވެއްޓިއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ޗައިނާގެ ނޫސްތަކުން ކޮށްފައިވާ ރިޕޯޓްތަކުގައި ބުނެފައިވަނީ، މި ފުލައިޓްގައި 132 ފަސެންޖަރުންނާއި ނުވަ ކުރޫއިން ތިބި ކަމަށެވެ. އަދި މި ފުލައިޓް ވެއްޓުނީ، ޗައިނާގެ ދެކުނުގެ ސަރަހައްދުގެ ފަރުބަދަ މައްޗަށް ކަމަށާއި، އެ ހިސާބުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ވާކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައިވަނީ، ބޮއިންގް 737ގެ މަރުކާގެ ބޯޓެކެވެ. 

ފުލައިޓް ވެއްޓުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންނާއި ސަލާމަތްވި މީހުންގެ އަދަދު އަދި އެނގިފައި ނުވާ ކަމަށާއި، އެ ސަރަހައްދަށް މީހުން ސަލާމަތް ކުރާ ފަރާތްތަކުން މިހާރު ދިއުމަށް ދަތުރު ފަށާފައި ވާކަމަށްވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. 

މި ފުލައިޓް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގެ އަވަށްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި، ސަބަބަކީ އެ ފުލައިޓް ވެއްޓުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށް އެގައުމުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ވަނީ ބުނެފައެވެ. 

ފްލައިޓް އެމްޔޫ5735 ކުންމިންއިން ފުރީ ޗައިނާ ގަޑިން މެންދުރު 1:15ގައި ގުއާންޒޫއަށް ދިއުމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް