ads
އަބްދުއްރަހީމް-- ފޮޓޯ: ސަން
ރިޔާސީ ބަޔާނުގައި އޮއްޓަރެއް ނެތް: އަބްދުއްރަހީމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގައި އިއްވި ރިޔާސީ ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިއަދު އިއްވި ރިޔާސީ ބަޔާނާއި ގުޅޭ ގޮތުން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަޔާނަކީ އެއްވެސް އުއްމީދެއް ނެތް ރިޔާސީ ބަޔާނެއް ކަމަށެވެ. އެގޮތުން ބަޔާނުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލާފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ޖުމްލަކޮށް ބަލާއިރު ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމްގެ އިތުރުން ވެސް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ރިޔާސީ ބަޔާނަށް ފާޑުކިޔަމުންނެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ވިދާޅުވީ އެ ބަޔާނުން އެނގިވަޑައިގަންނަވަނީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމެއްގެ ތެރޭގައިކަން ކަމަށެވެ. 

އޭގެ އިތުރުން މުޅި ގައުމުގެ އިގްތިސާދު ދަށަށް ގޮސްފައިވާކަން ފާހަގަ ކުރައްވާ، ސައީދު ވިދާޅުވީ އެކަން ހަމައަކަށް އެޅުމުގެ ގާބިލުކަން މި ސަރުކާރުގައި ނެތް ކަމަށެވެ.

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ފާޑުކިޔަމުން އަންނައިރު މަޖިލީހުން ރައީސް ސޯލިހް އިއްވި ރިޔާސީ ބަޔާނަށް ޖަވާބެއް ދޭންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދު ބުނާ ކަމަށެވެ. އަދި އެ ޖަވާބު 14 ދުވަސް ތެރޭގައި ދިނުމަށްވެސް މަޖިލީހުގެ ގަވާއިދުގައި ވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މި އޮންނަނީ އޮޕޮޒިޝަން ލީޑަރަށް. އެހެންމަ އެޔެއް އެބަ އަޅުގަނޑުމެން އޮޅުން ފިލުވަންޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ރައީސް ނަޝީދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އިދިކޮޅު ލީޑަރެއް އޮޅުން ފިލުމުން ރިޔާސީ ބަޔާނަށް ޖަވާބު އަރުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް