ads
ތ.ފުނައްޑޫ
ފުނައްޑޫ މިފްކޯއާ ހަވާލު ކޮށްފި! އަލުން އޮޕަރޭޝަނަށް ގެންނަނީ!
ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިފްކޯއާ ސަރުކާރުން ހަވާލު ކޮށްފިއެވެ.

ކުރިން މަސް ކިރުވުމުގެ ހިދުމަތް ދެމުން އައި ފުނައްޑޫ ތަރައްގީ ކުރަން އެ ކުންފުންޏާ ހަވާލުކުރީ ބޭންކަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޯސްޓް ދެއްކުމަށް ފަހު ކަމަށްމިފްކޯއިން ބުނެއެވެ. އެރަށް މިފްކޯއާ ހަވާލުކޮށްފައިވަނީ މިމަހުކުރީކޮޅުއެވެ.

މީގެކުރިން ފުނައްޑޫގައި ދެމުންއައި ހިދްމަތްތައް ހުއްޓާލީ ބީއެމްއެލްއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން އެރަށް ބޭންކަށޤ ނެގުމުންނެވެ. 

މިފްކޯއިން ބުނީ އެރަށޤ އަލުން އޮޕަރޭޝަނަށް ގެންނައިރު ވަރަށޤގިނަ މަރާމާތު ކުރަން ޖެހޭ ކަމަށެވެ. އެއީ ގިނަދުވަސްތަކެއް ވަންދެން އޮޕަރޭޝަނެއް ނުހިންގައި އޮތުމުގެ ސަބަބުން ވީރާނާ ވެފައިވާތީއެވެ.

އެކުންފުނިން ބުނީ ރަށުގެ ބަނދަރާއި، ބްލާސްޓް ފްރީޒާގެ އިތުރުން އެހެނިހެންބައިވަރު ކަންކަން ކުރަން ޖެހިފައި އެބަހުރި ކަމަށެވެ. އެކުންފުނިން ބުނީ ފައިސާގެ ދަތިކަމެއް ނާންނަ ނަމަ 10 ވަރަކަށް މަސްދުވަހުގެތެރޭ މަސައްކަތް ނިންމޭނެ ކަމަށާއި، ހަރަދު ކުޑަ ނިޒާމެއްގެ ދަށުން ރަށް ހިންގަން ނިންމާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް