ads
ކެންސަރާ ދެކޮޅަށް ކުރާ ހަނގުރާމަ، ހޭލުންތެރިކަން މުހިއްމު!
ކެންސަރަކީ ހަށިގަނޑުގެ ތެރޭގެއި ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. އެގޮތުން ކެންސަރުގެ 100 އެތައް ވައްތަރެއް މިހާތަނަށް ހޯދުންތަކުން ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ކެންސަރު ބަލީގެ އެކި ބާވަތްތަކުގެ ތެރެއިން 30 ނުވަތަ 50 އިންސައްތައަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ބާވަތްތަކެވެ. ކެންސަރަށް ނުރައްކާ ބޮޑުވާ ކަންކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ސިއްހަތަށް ރަނގަޅު ނޫން ކާނާ ކެއުމާއި، ނުރައްކާތެރި ކެމިކަލަށް ހުށަހެޅުން ހިމެނެ އެވެ.

ކެންސަރު ބަލީގައި މަހަކު 53 މީހުން އައިޖީއެމްއެޗުގައި ރެޖިސްޓްރީކުރޭ! 

އެސްޓީއޯ އާއި ކެންސާ ސޮސައިޓީ ގުޅިގެން މިމަހު ދެވަނަ ދުވަހު ކުރިއަށްގެންދިޔަ "އޮންކޯ ސްޕެކްޓްރާ 2.0" މަހާސިންތާގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ވިދާޅުވީ ހުޅުމާލޭގައި 2017 ގައި ހުޅުވި ކެންސަރު ސެންޓަރުން އެބައްޔަށް މިހާތަނަށް 610 މީހުން ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ސެންޓަރުގައި އެވަރެޖްކޮށް މަހަކު 53 މީހުން އެ ބަލި ޖެހިގެން ރަޖިސްޓްރީވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ

ސިޔާމް އިތުރަށް ވިދާޅުވީ ކެންސަރަކީ ލައިފްސްޓައިލާ ގުޅުން ހުރި ބައްޔެއް ކަމަށެވެ. އެގޮތުން ކެންސަރު ޖެހޭ މީހުންގެ 27 ޕަސެންޓަކީ ރަލާއި ދުންފަތް އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ޖެހޭ މީހުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔެވެ. އެގޮތުން 2018 އަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ. ގިނަ ދިވެހިންތަކެއް ވެސް ކޮންމެ އަހަރަކު މި ބަލީގައި މަރުވެ ދެއެވެ.

ކެންސަރަށް އޮތީ ކޮން ފަރުވާއެއް؟

މިއީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ހިތާމައަކީ މިބަލި ޖެހޭކަން ގިނަ ފަހަރު އެނގެނީ ފުރާނައަށް ނުރައްކާ ވާ ހިސާބުން ކަމަށް ވާތީ އެވެ. ކެންސަރުގެ ހަތަރު ސްޓޭޖެއް ހިމެނޭއިރު، އެންމެ ފަހު ސްޓޭޖަށް ދިޔުމުން ނުރައްކާ ބޮޑުވެ އެވެ. އެކަމަކު ކޮންމެ ސްޓޭޖެއްގައި ވެސް މެދުކެނޑުމެއް ނެތި ފަރުވާ ހޯދައިފި ނަމަ ސަލާމަތްވުމުގެ ފުރުސަތު އޮވެ އެވެ. 

ރާއްޖޭގައި ވެސް ކެންސަރަށް ފަރުވާ ކުރެވެ އެވެ. ކެންސަރު ފެތުރިފައިވާ ހިސާބު އޮޕަރޭޝަންކޮށްގެން ނެގުމުގެ ފުރުސަތު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ލިބެ އެވެ. އެކަމަކު އެއަށްފަހު ދެން އަންނަނީ ރޭޑިއޭޝަނާއި ކީމޯތެރަޕީގެ ފަރުވާ އެވެ. މިއީ ހަށިގަނޑު ވަރަށް ބޮޑަށް ބަލިކޮށްލާ ފަރުވާ އެކެވެ. 

ކެންސަރު ސޮސައިޓީން ބުނީ ސާޖަރީއަށް ފަހު ގިނަ ދިވެހިން އިތުރު ފަރުވާއަށް އާސަންދަ މެދުވެރިކޮށް ދަނީ ރާއްޖެއިން ބޭރަށް ކަމަށެވެ. އެގޮތުން އެންމެ ގިނަ މީހުން ދަނީ ކެންސަރުގެ ފަރުވާއަށް މަޝްހޫރު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ. އެތަނުގައި ރޭޑިއޭޝަން ހެދުމަށް ގިނަ މަސްތަކެއް ހޭދަ ކުރަން ޖެހޭނެ އެވެ.

ރޭޑިއޭޝަން ތެރަޕީއަށް ފަހު ގިނަ މީހުން ބަދަލުވަނީ މާލެ އަށެވެ. އެއީ އިންޑިއާގައި ހުރުމުގެ ހަރަދު ބޮޑުވުމާއި، މާލޭގައި ވެސް ކީމޯ ތެރަޕީ ދެވޭތީ އެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ އޮންކޮލޮޖީ ޑިޕާޓްމަންޓަށް އަމްރިތާ ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރު ޒިޔާރަތް ކުރާއިރު، ކީމޯގެ ކަންކަން ކުރަނީ އެ ޑިޕާޓްމަންޓުގަ އެވެ. 

ކެންސަރު ދުވަހާ ގުޅިގެން މިއަހަރުވެސް ގިނަ ހަރަކާތްތަކެއް!

ކޮންމެ އަހަރެއްގެވެސް ހަތަރެއް ފެބްރުއަރީ އަކީ ކެންސަރާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމާގައި، އެއް ޝިއާރެއްގެ ދަށުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު ދުނިޔޭގެ ކެންސަރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ.

ދުނިޔޭގެ ކެންސަރު ދުވަހުގެ އަމާޒަކީ ކެންސަރާމެދު އާއްމުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމުތަކުގެ އެހީގައި ކޮންމެ އަހަރަކު މިބަލިން ސަލާމަތްކުރެވޭ މީހުންގެ އަދަދު އިތުރުކުރުމާއި، މިބައްޔާ ދެކޮޅަށް ހިންގާ ހަރަކާތްތައް އިތުރުކުރުމަށް ދައުލަތްތަކަކަށް ބާރު އެޅުމެވެ.

ދުނިޔޭގެ ކެންސަރު ދުވަސް 2020 ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް 20 ޖަނަވަރީން 10 ފެބްރުވަރީ 2020 ގެ ނިޔަލަށް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަނެއް ވެސް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކެންސަރާ ބެހޭ މައުލޫމާތު ސުކޫލުތަކަށް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރު، ޝިފާން، ވިދާޅުވީ ރާއްޖޭގައި ކެންސަރު ހުރިތޯ ދެނެގަތުމުގެ ތަހުލީލުތަކާއި ކެންސަރަށް މިހާރު ލިބެން ހުރި ފަރުވާތަކަށް ބަލާއިރު އުފާކުރަން ޖެހޭ ކަމަށެވެ. 

ނަމަވެސް ލިބިފައި ހުރި ވަސީލަތްތަކާ އެކު ކުރިއަށް ދިއުމުގައި އަދިވެސް ދަތިތަކެއް އެބަ ހުރިކަމަށް ޝިފާން ވިދާޅުވިއެވެ. އެގޮތުން ހިދުމަތް ފުޅާކޮށް އެންމެ ފުރިހަމަޔަށް ފަރުވާ ދިނުމަށްޓަކައި އަދިވެސް ގިރާކުރަން ޖެހޭ އެތަކެއް ހަރުފަތްތަކެއް އެބަ ހުރި ކަމަށް ވެސް ސިފާން ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް