ads
ޔޫކްރެއިންގެ ރަފިއުޖީންތަކެއް
ޔޫކްރެއިންއިން އިޒްރޭލަށްދިޔަ ރެފިއުޖީއަކު މެރެތަންއެއް ކާމިޔާބު ކޮށްފި
އުމުރުން 11 އަހަރުގެ އަންހެން ދަރިފުޅާއެކު އިސްރާއީލަށް ފިލައިގެން ދިޔަ ޔޫކްރެއިންގެ ރެފިއުޖީއަކު ދާދި ފަހުން ޖެރޫސަލަމް މެރެތަން ކާމިޔާބުކޮށްފިއެވެ.

އެމެރެތަންގެ އަންހެން ޗެމްޕިއަންކަން ހޯދީ ވެލެންޓީނާ ވެރެޓްސްކާއެވެ. އޭނާ މި މެރެތަން ކާމިޔާބު ކުރީ 2ގަޑި 45މިނިޓް 54 ސިކުންތުންނެވެ. 

ވެރެޓްސްކާ، 31، ރަޝިއާއިންކުރަމުންދާ ހަނގުރާމައިން ސަލާމަތްވާން ފުރަތަމަ ދިޔައީ ޕޮލެންޑަށެވެ. އޭގެ ފަހުން އޭނާ ދަތުރު ކުރީ އިޒްރޭލަށެވެ. އެކަމަކު ރޭސް އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ ފިރިމީހާ އަދިވެސް ހުރީ ޔޫކްރެއިންގެ އަސްކަރިއްޔާގައި ހިދުމަތް ކުރާށެވެ.

ވެރެޓްސްކާގެ އިތުރުން ޔޫކްރެއިންގެ 40 ރެފިއުޖީން މި ދުވުމުގައި ބައިވެރި ވެފައިވެއެވެ. 

އިޒްރޭލުން ޔޫކްރެއިންއަށް އިންސާނީ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެހެންނަމަވެސް ރަޝިޔާއަށް މިލިޓަރީ އެހީދޭން ނުވަތަ ޔޫރަޕާގުޅި ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއަޅަންވެސް ވަނީ ދެކޮޅު ހަދާފައެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް