ads
އެޑީސީން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތެއްގެ ތެރެއިން
އެޗްޑީސީން މާދަމާ ހުޅުމާލެ ސާފު ކުރަނީ
ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މާދަމާ ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް ހިންގަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ އެއީ ކޮންމެ އަހަރަކުވެސް ބާއްވާ ހާއްސަ އިވެންޓެއް ކަމަށާއި އެހެން ނަމަވެސް ވޭތުވި ދެއަހަރު ކޮވިޑް ބައްޔާ ގުޅިގެން ހިންގާފައި ނުވާ ކަމަށެވެ. 

"ކޮންމެ އަހަރަކުވެސް މުއައްސަސާ ތަކުގެ ބައިވެރިވުމާއެކު ބާއްވާ ހަރަކާތެއް މީ. މާދަމާވެސް ހުރިހާ މުއައްސަސާތަކުން ބައިވެރިވާނެ" އިވެންޓާބެހޭ އޮފިޝަލަކު ވިދާޅުވިއެވެ.

އެޗްޑީސީން ބުނަނީ މާދަމާގެ ސާފު ކުރުމުގެ ހަރަކާތުގައި ގާތްގަނޑަކަށް 700އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހަރަކާތުގައި ސާފު ކުރާނީ މީހުން އުޅޭ ސަރަހައްދުތައް ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް