ads
ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް--
ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2019 ވަނަ އަހަރު!
މިދިޔަ އަހަރުގެ ތެރޭގައި ގްރީން ފަންޑަށް 915 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ އަތުން ނަގައި ގްރީން ޓެކްސް ޖަމާކުރާ، ގްރީން ފަންޑުގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ގްރީން ފަންޑަށް 915 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިހާތަނަށް މި ފަންޑަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ. 

މީގެ ތިން އަހަރުކުރިން، 2016 ވަނަ އަހަރުގެ ތެރޭގައި ގްރީން ޓެކްސް ނަގަން ފެށިއިރު އެ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބުނީ 633.5 މިލިއަން ރުފިޔާއެެވެ. މި އަދަދު 2017 ވަނަ އަހަރު ވަނީ 693.8 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 2018 ވަނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 810.3 މިލިއަން ރުފިޔާ އެވެ. 

މިއަހަރުގެ ގްރީން ފަންޑަށް 915 މިލިއަން ރުފިޔާ ލިބުނު ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މި ފަންޑަށް ލިބުނު ފައިސާއިން 374 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެ ފައިސާއިން 542 މިލިއަން ރުފިޔާ ބާކީ އެބަހުއްޓެވެ. 

މިދިޔަ އަހަރުގެ ތެރޭގައި ގްރީން ފަންޑަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ މާޗް މަހުގެ ތެރޭގަ އެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ވަނީ 89 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ވަނީ ރިކޯޑު އަދަދަކަށް ފަތުރުވެރިން ވެސްް އައިސްފައެވެ. އެގޮތުން އަހަރު ނިމުނުއިރު ރާއްޖެއަށް 1.67 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. 

މީގެ ތިން އަހަރުކުރިން ގްރީން ޓެކްސް ނަގަން ފެށިއިރު ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަތުން އަންނަނީ ހައެއް ނުވަތަ ތިން ޑޮލަރު ނަގަމުންނެވެ. އެގޮތުން ހަ ޑޮލަރު ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުންނެވެ. އަދި ތިން ޑޮލަރު ނަގަމުން އަންނަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުންނެވެ. 

ގްރީން ފަންޑަށް ލިބޭ ފައިސާ ބޭނުން ކުރަމުން އަންނަނީ ތިމާވެރި ރައްކާތެރިކުރުމުގެ އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް