ads
އާ ސަހަރާ: --
ރާއްޖޭގައި 84 ޕަސަންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުން
ރާއްޖޭގައި 84 ޕަސަންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކެންސަރު ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީް ނެރނު ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި މަރުވާ މީހުންގެ  84 ޕަސަންޓު މީހުން މަރުވަނީ  ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ. 

ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން އޭގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

އޭގެ އިތުރުން އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ޕްރޮގްރާމްތައް ދަނީ ހިންގެމުންނެވެ. އަދި ކެންސަރު ބަލީގެ ގައުމީ ދަފްތަރު ވަނީ އެކުލަވާލެވިފައެވެ. 

ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެވެ.

ދެހާސް ސޯލަ ވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ އާންމު ކެންސަރު ތަކުގެ ތެރޭގައި ހިމެނެނީ އަނގައިގެ ކެންސަރެވެ.  އަދި ކެންސަރު ބަލީގެ ތެރެއިން ރާއްޖޭގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ.

އަންހެނުންނަށް ޖެހެނީ އަނގައިގަ ކެންސަރު، އުރަމަތީގެ ކެންސަރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު (ސަވައިކަލް ކެންސަރު)، ފުއްޕާމޭގެ ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.  

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބެވެ. މިގޮތުން 2018 ވަނަ އަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގެ ސަބަބުން މަރުވެފައި ވެއެވެ. 

އޭގެ ތެރެއިން 30 އިންސައްތަ ނުވަތަ 50 އިންސައްތަ ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލީގެ، ހިރާސްތަކާއި ދުރުވުމުން އެފަދަ ބަލިތަކުން ސަލާމަތްވެ ހުރެވޭނެ ފަދަ ކެންސަރު ބަލިތަކެވެ. 

ކެންސަރުގެ ހިރާސްތަކުގެ ތެރޭގައި ދުންފަތް، އިރުގެ ދޯދިތަށް، ދުފާ ފުވަށް، ހެޕަޓައިޓިސް ބީ/ ހިއުމަން ޕެޕިލޯމާ ފަދަ ވައިރަސް އަދި ރޭޑިއޭޝަން ފަދަ ރޭޑިއޯ އެކްޓިވް މާއްދާތަށް ހިމެނެއެވެ.

މިއަދަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދަކީ ކެންސަރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ގައުމު ތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ކެންސަރު ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރުމުވެ.

މި ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ދުވަހާގުޅޭ ޝިއާރެއް ކަނޑައަޅައެވެ. މި އަހަރަށް ކަނޑަ އަޅާފައިވާ ޝިއާރަކީ "I am and I will" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް