ads
ރައްދެބައި މަގުގައި ހުންނަ މިފްކޯގެ މަސްފިހާރަ---
ތެލުގެ އަގު ބޮޑުވުމުން މަސްދަޅު އުފައްދަން ކުރާ ހަރަދު އިތުރުވެއްޖެ:މިފްކޯ
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު މަސްދަޅު އުފައްދަން ކުރާ ހޭދަ 40 އިންސައްތަ އިތުރު ވެއްޖެ ކަމަށް މިފްކޯއިން ބުނެފިއެވެ.

އެކުންފުނިން އުފައްދާ ފަސްމީރު މަސްދަޅުގެ އާ މަސްދަޅު ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްދަޅު އުފައްދަން ބޭނުންކުރާ ތެލުގެ އަގު މިހާރު ވަނީ 100 އިންސައްތަ ބޮޑުވެފައިކަމަށެވެ. އެހެންކަމުން އެކުންފުންޏަށްވެސް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. 

އިސްމާއީލް ވިދާޅުވީ އެހެންކަމުން މަސްދަޅު އުއްފެއްދުމަށް ކުރާ ޖުމްލަހަރަދު 40 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

މިފްކޯއިން ވިއްކާ މަސް ދަޅުގެ އަގު ބޮޑު ކުރާތީ ކަމަށްބުނެ މިފްކޯ މަސްފިހާރަތައް ކައިރީ މިމަހުގެ 28 ވަނަދުވަހުގެރޭ މީހުން ކިއު ހަދާފައިވެއެވެ. އެހެންނަމަވެސް މިފްކޯއިން އެފަހަރު މަސްދަޅުގެ އަގު ބޮޑު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭރުވެސް ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން މަސްދަޅު އުފައްދަން ކުރާ ހަރަދު އިތުރުވެފައިވާ ކަމަށް ވަނީ ބުނެފައެވެ. 

އިސްމާއީލް ވިދާޅުވީ ހަރަދު ބޮޑުވި ނަމަވެސް މިފްކޯގެ ރޯދަ ޕްރޮމޯޝަން ނިމެންދެން މަސްދަޅު އަގުބޮޑު ނުކުރާނެ ކަމަށެވެ. އެކުންފުނީގެ ރޯދަ ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ 31 ގެ ނިޔަލަށެވެ.

ދުނިޔޭގައި ތެލުގެ އަގު އުފުލިފައިވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް