ads
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ---ފޮޓޯ: ޕީއެސްއެމް
ހިޔާގައި ކުއްޖަކު ބަލިވެއިން ކަމަށް ދެކެވެނީ ދޮގު ވާހަކައެއް: ޖެންޑާ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ، ކުޑަކުދިންގެ ހިޔާގައި ކުއްޖަކު ބަލިވެއިންކަމަށް އަޑުތައް ފެތުރެމުންދަނިކޮށް އެއަޑުތަކަކީ ދޮގެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އަޑުތައް ފެތުރެމުންދާ ގޮތުގައި ހިޔާގައި ތިބި ދެ ކުއްޖަކު އިނީ ބަލިވެ އެވެ. އެ އަޑުތަކާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ސޯޝަލް މީޑިއާގައި ފެތުރެމުންދާ މައުލޫމާތުތަކަކީ ހަގީގަތާއި ހިލާފު މައުލޫމާތުތަކެއްކަން ކަށަވަރުކޮށްދޭ ކަމަށެވެ. 

މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ދައުލަތުން ކުދިން މަރުކަޒުތަކަށް ނަގަނީ އެކި މާހައުލުތަކުން ކަމަށާއި އަދި އެކި ބާވަތުގެ އަނިޔާގެ ވެށިން ކަމަށެވެ. އެހެންކަމުން އެތަނުގައި އެކި ހާލަތުތައް ދިމާވެފައި ތިބި ކުދިން އުޅޭނެކަން ފާހަގަކުރަމުން މިނިސްޓްރީން ވަނީ އެކުދިން ގެނެވޭ ހާލަތާއި އެކުދިންގެ ޒާތީ މައުލޫމާތު އާންމުވާ ގޮތަށް ތަފްސީލުތައް ހާމަކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ވެސް ބުނެފަ އެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ހިޔާގައި ކުއްޖަކު ބަލިވެ އިންކަމަށް ބުނެ އަޑުތަކެއް އެރިނަމަވެސް އެކަން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އެތަނުގެ ތެރޭގައި އެކި އަނިޔާތައް ކުރިމަތިވާކަމުގެ އަޑުތައް ވެސް ދޭތެރެ ދޭތެރެއިން އަރައެވެ. މިދިޔަ މަހުގެ ތެރޭގައި ވަނީ އެތަނުގައި ތެރޭގައި ޖިންސީ ފުރައްސާރަ ކުރިމަތިވަމުން އަންނަ ކަމަށް އެތަނުގައި ދިރިއުޅޭ ކުއްޖަކު ކިޔައިދޭ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ. އެކުއްޖާ ވަނީ އޭނާއަށް އެތަނުގައި ކުރިމަތިވާ ކަންނަން ތަނުގައި މަސައްކަތް ކުރާ މީހުންނަށް ހިއްސާކުރި ނަމަވެސް އެމީހުން އެކަމާ އަޅާނުލާ ކަމަށް ބުނެފަ އެވެ. އަދި އެމީހުން އަޅާނުލާތީ އެފަދަ ކަންކަން ކުރިމަތިވިޔަސް އެކުއްޖާ ވެސް އެކަންކަމަށް އަޅާނުލާ ކަމަށް ކުއްޖާ ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް