ads
އިންޑޮނޭޝިއާ 41 މަރު: ވިލާތައް ރޫޅައިލަން ބޭސް ޖަހައިފި
އިންޑޮނޭޝިއާއަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް 41 މީހަކު މަރުވެފައިވާއިރު، އެގައުމުގެ ވެރިރަށް ޖަކާޓާއަށް ވާރޭ ވެހުން ހުއްޓުވުމަށް ވިލާތަކަށް ބޭސް ޖަހަން ނިންމައިފިއެވެ.
އިންޑޮނޭޝިއާއަށް ކުރަމުންދާ ވިއްސާރާގައި މިހާތަނަށް 41 މީހަކު މަރުވެފައިވާއިރު، އެގައުމުގެ ވެރިރަށް ޖަކާޓާއަށް ވާރޭ ވެހުން ހުއްޓުވުމަށް ވިލާތަކަށް ބޭސް ޖަހަން ނިންމައިފިއެވެ.

މިއަދު އިންޑޮނޭޝިއާގެ ޓެކްނޮލޮޖީ އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލާތައް ރޫޅައިލުމަށް ދެ މަތިންދާބޯޓު ބޭނުންކޮށްގެން ވިލާތަކަށް "ސޯޑިއަމް ކްލޮރައިޑް" (ލޮނު) ޖަހާފައިވާކަމަށެވެ.

މިގޮތަށް ވިލާތަކަށް ބޭސް ޖަހައި ވާރޭ ވެހުން ހުއްޓުވުމަށް ކިޔަނީ 'ކްލައުޑް ސީޑިން' އެވެ.

"އިތުރު ފުލައިޓުތައް އޮތީ ތައްޔާރަށް ކްލައުޑް ސީޑިން އިތުރަށް ބޭނުންވެއްޖެނަމަ،" ޓެކްނޮލޮޖީ އެެޖެންސީން ބުނެފައިވެއެވެ.

އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، މިއީ ފާއިތުވީ ދެ ގަރުނުގެ ތެރޭގައި ވެސް އެ ގައުމަށް މިހާ މޫސުން ގޯސްވި އަހަރު ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވެރިރަށް ޖަކާޓާއާއި ކައިރި އަވަށްތަކުގައި ފެން ބޮޑުވެފައިވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ އިތުރުން އެތައް ބައެއްގެ ގެ ދޮރު ވަނީ ހަލާކުވެފައެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް