ads
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް ފޯރުކޮށްދެނީ
ޓްރީ ޓޮޕް ހޮސްޕިޓަލުން ޒަމާނީ އެމްބާމިންގ އަދި މޯޗަރީ ހިދުމަތްތައް ފޯރުކޮށްދެމުންދެއެވެ.

އެމްބާމިންގ އަކީ މީހާ މަރުވުމަށްފަހު ގައުމުން ބޭރަށް ހަށިގަނޑު ފޮނުވަންޖެހޭ ހާލަތްތަކުގައި ހަށިގަނޑު ހަލާކު ނުވާގޮތަށް ރައްކާ ކުރުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގެ އަލަށް އެމްބާމިންގ ހިދުމަތް ތައާރަފްކޮށްފައިވަނީ 2 ޖޫން 2019 ގައެވެ.

 ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިންގ ހިދުމަތް ފޯރުކޮށްދޭ އަގުތަކަކީ؛

  • އެމްބާމިންގ ނޯރމަލް ހަށިގަނޑު ނުވަތަ މައްޔިތާގެ ހަށިގަނޑު މާ ބޮޑު ބަދަލެއް އައިސްފައިނުވާނަމަ އަގަކީUSD 5,500 (6% ޖީ.އެސް.ޓީ މައާފުކޮށްފައި)
  • އެމްބާމިންގ ޑީކޮމްޕޯސިންގ ހަށިގަނޑު ނުވަތަ މައްޔިތާގެ ހަށިގަނޑު ހަލާކުވާން ފަށާފައި ވާނަމަ އަގަކީ USD 6,000 (6% ޖީ.އެސް.ޓީ މައާފުކޮށްފައި)

 ޓްރީ ޓޮޕް ހޮސްޕިޓަލުން މޯޗަރީ ހިދުމަތްތައް ފޯރުކޮށްދޭ އަގުތަކަކީ:  

  • މޯޗަރީގައި ހަށިގަނޑު ވަޅުލުމުގެ ކުރިން ނުވަތަ ގައުމަށް ފޮނުވާލުމުގެ ކުރިން ބަހައްޓާނަމަ؛

ޓުއަރިސްޓު ވިސާއެއްގައި ރާއްޖެ އައިސްފައިވާ މީހުންނަށް ދުވާލަކަށް 500USD  

ވަރކް ޕަރމިޓް ވިސާއެއްގައި ރާއްޖެ އައިސްފައިވާ މީހުންނަށް ދުވާލަކަށްUSD 250  

ދިވެހި ރައްޔިތުންނަށް ދުވާލަކަށް USD 150

މި ހިދުމަތްތަކުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން މައްޔިތާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ދަތުރުފަތުރުގެ ނިޒާމާއި  ގާނޫނީ ކަންތައް ހަމަޖައްސައިދިނުމަށް އޭޖެންޓުން  ބޭނުންވާނަމަ އެ އެހީތެރިކަންވެސް ފޯރުކޮށްދޭނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަގްވާމީ ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތީން މި ހިދުމަތް ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގެ ލައިސެންސް ލިބި ވަޑއިގެންފައިވާ ކަމުގެ ތަޖުރިބާކާރު މާހިރުންގެ ޓީމަކުންނެވެ. އަދި މި ހިދުމަތާއި އެކު ބައިނަލްއަގްވާމީ ފެންވަރުގެ އެމްބާމްކުރެވިފައިވާކަމުގެ ސެޓްފިކެޓްއެއް ފޯރުކޮށްދޭނެއެވެ.

 2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން  މިފުރުސަތުގައި ފާހަގަކުރަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް