ads
ސްޕަޓްނިކް ވީ ވެކްސިން
ސްޕަޓްނިކް ވީ ވެކްސިން އެއިޑްސް ބަލީގެ ފަރުވާއަކަށް!
ކޮވިޑް-19އާ ދެކޮޅަށް ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން އެއިޑްސް އެއިޑް ބައްޔާ ދެކޮޅަށް މަސައްކަތް ކުރާކަން ހާމަވެއްޖެއެވެ.

އެޗްއައިވީ އެއިޑްސް ޖެހިފައިވާ މީހުން ބޭނުންކޮށްގެން ހަދާފައިވާ މިދިރާސާގެ 79 އިންސައްތަ މީހުންނަށް މި ވެކްސިންގެ ސަބަބުން ރަނގަޅު އަސަރު ކޮށްފައިވާ ކަމަށް މަޝްހޫރު މެޑިކަލް ޖާނަލް "ދަ ލޭންސެޓް" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވއެވެ.

އެންޓިރެޓްރޯވައިރަލް ތެރަޕީ (އޭއާރްޓީ) ހޯދައިގެން 24،000 އަށް ވުރެ ގިނަ މީހުން ވަނީ މި ވެކްސިން އުފެއްދި ގަމަލެޔާ ސެންޓަރާއި މޮސްކޯ ސިޓީ ސެންޓާ ފޯ އެއިޑްސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް ގެ ދިރާސާގައި ބައިވެރިވެފަ އެވެ.

"ސްޕަޓްނިކް ވީގެ އެފިކަސީ އަކީ އެޗްއައިވީ (ޕީއެލްއެޗްއައިވީ) ޖެހިފައިވާ މީހުންގެ 79އިންސައްތަ" ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑް (އާރްޑީއައިއެފް) އިން ވަނީ ބުނެފަ އެވެ.

އެ ކަރުދާހުގައި އިތުރަށް ބުނެފައިވަނީ ރަޝިއާގެ ވެކްސިން އެ ވެކްސިން ބޭނުންކުރި މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ނުޖެހޭ ކަމަށެވެ. އަދި އެޗްއައިވީއާއެކު ކޮރޯނާވައިރަސް ޖެހޭ މީހުންގެ ތެރެއިން 97 އިންސައްތަ މީހުންނަށް މި ވެކްސިން ކާމިޔާބު ކަމަށެވެ.

މިދިޔަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ އެއިޑްސް ޖެހިފައިވާ މީހުންނަށް ކޮވިޑް ޖެހުމުން ނުރައްކާތެރިކަން ބޮޑުވާނެ ކަމަށް ބުނެފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދޭން ނިންމާ މިފަދަ ޕޭޝަންޓުންގެ ތެރެއިން 23އިންސައްތަ އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް