ads
ފޮޓޯ ގޫގްލް
ފިރެހެނުންގެ މޫނަށް ވެސް ސްކިން ކެއާ ބޭނުންވޭ!
އިންސާނުންގެ ހަންގަނޑަކީ އެންމެ ބޮޑު ގުނަވަނެވެ. ސްކިންކެއާ އަކީ ހަމައެކަނި އަންހެނުން ކުރަން ޝައުގުވެރިވާ ކަމަކަށް ވިޔަސް ފިރިހެނުން ހަންގަނޑަށް އަޅާލަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ޑޮކްޓަރު މިލިންޑާ ޕޮލިސެޓީ ރިކޮމެންޑް ކުރަނީ ހުރިހާ އެންމެން ވެސް ޓީނޭޖް ދުވަސްވަރުން ފަށައިގެން ބޭސިކް ސްކިންކެއާ ރައުޓީން އެއް ގެންގުޅުމަށެވެ. އެއީ ޓީނޭޖް ދުވަސް ވަރަކީ ހޯމޮނަށް އެންމެ ގިނައިން ބަދަލުތައް އަންނަ ދަވަސްވަރަށް ވެފައި ސްކިން ޓެކްސްޗާ އަދި މޫނުގައި ބިހިނެގުމާއި ގުޅިގެންނެވެ. 

މީގެ އިތުރުން ޑޮކްޓަރު ޕޮލިސެޓި ވިދާޅުވެފައިވާ  ގޮތުގައި ވެސް ތަފާތު ސްކިން ސްރަކްޗާ، ހޯމޮންސް އަދި މެޓަބޮލިޒަމްގެ ސަބަބުން ފިރިހެނުންނާއި އަންހެނުންގެ ސްކިން ބަލަން ޖެހޭނީ ތަފާތު ގޮތްގޮތަށެވެ. 

އެހެންކަމުން އޭނާ ވަނީ ފިރިހެނުންނަށް ވަރަށް އާދައިގެ އަދި ފައިދާ ހުރި ސްކިންކެއާ ރައުޓީން އެއް  ތައްޔާރު ކޮށްފައެވެ. އަދި މި ރައުޓީއަކީ ޓީނޭޖް ކުދިންނަށް ވެސް ބޭނުން ކުރެވިދާނެ ރައުޓީން އެކެވެ. 

ކްލެންސް

ދުވާލަކު ދެ ފަހަރު މޫނު ދޮންނަ އިރު މޫނުގައި ހުންނަ  ދަލާއި ހަޑި ފިލުވުމަށްޓަކާއި ޖެންޓަލް ކުލެންޒާއެއް ބޭނުން ކުރަންވާނެ އެވެ. އަދި ކްލެންޒާ ތަކުގެތެރެއިން ގިނައިން ފޮނު އުފެދޭ އަދި ވޯލްނަޓް ފަދަ އެއްޗެހި ހިމެނޭ ކުލެންޒާ ބޭނުން ނުކުރުމަށް ވެސް އަންގާފައި ވެއެވެ. 

މޮއިސްޓްރައިޒް 

މޮއިސްޓްރައިޒް ކުރުމާކީ ހުރިހާ ސްކިން ޓައިޕް އަކަށް ވެސް ވަރަށް މުހިންމު އެއްޗެއް ކަމުގައި ޑޮކްޓަރު ޕޮލިސެޓީ ވިދާޅުވެފައި ވެއެވެ. މީގެ ތެރެއިން އޮއިލީ ސްކިން ހުންނަ މީހުން ވެސް ގުދުރަތީ އޮއިލް ހަންގަނޑުގައި ދަމަހަށްޓަން މޮއިސްޓްރައިޒާ ބޭނުންކުރަން ވާނެ އެވެ. ހަންގަނޑުގައި ތެޔޮ ކަމާއި ޕޯޒް ފިލުވުމަށްޓަކާއި އޮއިލް ފްރީ ނުވަތަ ޖެލް މޮއިސްޓްރައިޒާ އެއް ބޭނުން ކުރަންވާނެ އެެވެ. އަދި މޮއިސްޓްރައިޒާ މޫނުގައި އުގުޅަން ވާނީ ކުޑަކޮށް ތެތްކޮށް ހުއްޓަ އެވެ. 

ޕްރޯޓެކްޓް

ސަންސްކްރީން އަކީ ސްކިންކެއާ ރައުޓީންއެއްގެ އެންމެ މުހިންމު އެއްޗެވެ. މިގޮތުން spf 30 އަށް ވުރެ މަތީގެ ސަންސްކްރީން  އެއް ކޮންމެ ދުވަހަކު ދުވާލު ގަޑީގަ ކޮންމެ 2-3 ގަޑިއިރަކު ހަންގަނޑު އިރުގެ އަލިން ސަލާމަތް ކުރުމަށް ޓަކައި އުގުޅުން ވާނެ އެވެ. 

މީގެ އިތުރުން ޑޮކްޓަރު ޕޮލިސެޓީ ވިދާޅުވެފައިވާ ގޮތުގައި ހުރިހާ އުމުރެއްގެ މީހުން ވެސް ހަންގަނޑު  ރަނގަޅަށް ބެލެހެއްޓުމަށް ސަމާލުވާންވާނެ އެވެ. އަދި  ހެލްތީ ސްކިން ބޭނުން ނަމަ އަގުބޮޑެތި ޕްރޮޑަކްޓްސް ކޮންމެހެން ބޭނުން ކުރާކަށް ނުޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް