ads
އާލިއާ އާއި މުކޭޝް
ބައްޕައެއް ހުންނަ ކަން އެނގުނީ އުމުރުން އެތައް އަހަރެއް ވީފަހުން: އާލިއާ
ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ކުޅަދާނަ ތަރި އާލިއާ ބަޓް އަށް ބައްޕަ (މަޝްޙޫރު ފިލްމް ޕްރޮޑިއުސާ މުކޭޝް ބަޓް) އެއް ހުންނަ ކަން އެނގުނީ އޭނާގެ އުމުރުން އެތައް އަހަރެއ ވީފަހުން ކަމަށާއި، ބައްޕަ އެއްގެ ލޯބި ލިބެން ފެށީ އޭގެ ފަހުން ކަމަށް ބުނެފިއެވެ.

އާލިއާ ހާމަކޮށްފައިވާ ގޮތުގައި އޭނަގެ ބައްޕަ އަކީ ގެއަށް އަންނަ ސެލެބްރިޓީއެއް ކަމަށް ކުރިން އޭނާ ހީކޮށްގެން ހުންނަ ކަމަށާއި، އަބަދުވެސް ކައިރީ ހުންނަނީ މަންމަ ސޯނީ ކަމަށެވެ. އަދި ބައްޕަ އަބަދުވެސް އުޅެމުން ދިޔައީ ޝޫޓިން ތަކުގައި ބިޒީކޮށް ކަމަށްވެސް އާލިއާ ވަނީ ބުނެފައެވެ. 

މީގެ އިތުރުން އާލިއާ ބުނީ، ކުރިންސުރެ ބައްޕަގެ ލޯއްބާއި އަޅާލުން ލިބިފައި ނުވުމުން ބައްޕަ އާއި ދުރުގައި ހުންނަ އިރު މިހާރު ބައްޕަ މަތިން ހަނދާން ނުވާ ކަމަށާއި، އެހެން ނަމަވެސް ބައްޕަ ދެކެ އިންތިހާއަށް ލޯބި ވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ބައްޕަ އާލިއާ އާއި އެއްކޮށް ވަގުތު ހުސްކުރަން ފެށީ އޭނާ ބޮޑުވުމުން ކަމަށާއި، ބައްޕަގެ ލޯއްބަތް އެންމެ ބޭނުންވި ދުވަހު އެ ލޯބިން މަހުރޫމްވި ކަމަށް އާލިއާ ވަނީ ހާމަ ކޮށްފައެވެ. 

އާލިއާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އޭނާގެ އިހުސާސްތައް ބަންޑުން ކުރަމުން އިތުރަށް ބުނީ، ކުޑައިރު ބައްޕަ އަށް އާލިއާ އަށް ވަގުތު ނުދެވުނީ، ކީއްވެކަން މިއަދު އެނގޭ ކަމަށާއި، ފިލްމީ ދާއިރާއަކި ބިޒީ އަދި އެހާމެ ބުރަ ދާއިރާއެއް ކަމަށެވެ. 

ބޮލީވުޑްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އާލިއާ ވަނީ ހޮލީވުޑްގެ ފިލްމަކަށް ވެސް ސޮއި ކޮށްފައެވެ. އެގޮތުން މި އަހަރު ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. 

10%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް