ads
ރާއްޖެއަށް އައި ބައެއް ފަތުރުވެރިން -- ފޮޓޯ: ސަން
މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިން
މި އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 50،832 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ ފަތުރުވެރިކަމުގެ މާކެޓް ޝެއާއަށް ބަލާއިރު 12.9 އިންސައްތައެވެ. 

ރާއްޖެއަށް މި އަހަރުގެ މާޗު 23 ގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ 10 ގައުމު:

  1. ރަޝިއާ - 50،832 ފަތުރުވެރިން (މާކެޓް ޝެއާގެ 12.9 އިންސައްތަ)
  2. ޔުނައިޓެޑް ކިންގްޑޮމް (ޔޫކޭ) - 44،597 ފަތުރުވެރިން (މާކެޓް ޝެއާގެ 11.3 އިންސައްތަ)
  3. އިންޑިއާ - 41،559 ފަތުރުވެރިން (މާކެޓް ޝެއާގެ 10.5 އިންސައްތަ)
  4. ޖަރުމަން - 31،724 ފަތުރުވެރިން (މާކެޓް ޝެއާގެ 8.0 އިންސައްތަ)
  5. އިޓަލީ - 27،442 ފަތުރުވެރިން (މާކެޓް ޝެއާގެ 7.0 އިންސައްތަ)
  6. ފްރާންސް - 19.126 ފަތުރުވެރިން (މާކެޓް ޝެއާގެ 4.9 އިންސައްތަ)
  7. ޔުނައިޓެޑް ސްޓޭޓްސް - 17،176 ފަތުރުވެރިން (މާކެޓް ޝެއާގެ 4.4 އިންސައްތަ)
  8. ސައުދީ އަރަބިޔާ - 9،566 ފަތުރުވެރިން (މާކެޓް ޝެއާގެ 2.4 އިންސައްތަ)
  9. ސްވިޒަލޭންޑް - 8،962 ފަތުރުވެރިން (މާކެޓް ޝެއާގެ 2.3 އިންސައްތަ)
  10. އޮސްޓްރިއާ - 8،468 ފަތުރުވެރިން (މާކެޓް ޝެއާގެ 2.1 އިންސައްތަ)

ތަފާސް ހިސާބްތައް ދައްކާގޮތުން މި އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 394،200 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން 131،764 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޖެނުއަރީ މަހު ކަމަށް ޓޫރިޒަމް އިން ބުނެއެވެ. އަދި ފެބްރުއަރީ މަހު 149،008 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 113،428 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

ރާއްޖޭގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 164 ރިސޯޓެއް އޮތްއިރު، 654 ހޮޓެލް އަދި ގެސްޓްހައުސް އާއި 149 ސަފާރީވެސް އޮތީ އޮޕަރޭޝަނަލް ކެޕޭސިޓީގައި ކަމަށް ޓޫރިޒަމްއިން ބުނެއެވެ. އެގޮތުން ރިސޯޓުތަކުގައި އޮޕަރޭޝަނަލް ކެޕޭސިޓީގައި 39،064 އެނދު ހިމެނޭއިރު، ހޮޓެލް އަދި ގެސްޓްހައުސްތަކުގައި އޮޕަރޭޝަނަލް ކެޕޭސިޓީގެ ގޮތުގައި 12،630 އެނދު ހިމެނޭއިރު، ސަފާރީތަކުގައި 2،924 އެނދު އޮޕަރޭޝަނަލް ކެޕޭސިޓީގެ ގޮތުގައި ހިމެނެއެވެ. 

ރާއްޖެއަށް މިހާރު 26 އިންޓަނޭޝަނަލް ފްލައިޓެއް ދަތުރު ކުރަމުން އަންނައިރު، މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މި އަމާޒަށް ވާސިލުވެވޭނެކަމުގެ އުންމީދު އޮތްކަން ޓޫރިޒަމް މިނިސްޓަރު މައުސޫމްވެސް ވަނީ ހާމަކުރައްވާފައެވެ. 

މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމްއިން ކަނޑައެޅި އަމާޒަށް ވާސިލުވެފައިވާއިރު، އަހަރު ނިންމާލާފައިވަނީ 1.32 މިލިއަން ފަތުރުވެރިންނާއެކުގައި ފާހަގަކޮށްލެވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް