ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ޓިކްޓޮކް އެކައުންޓެއް ހުޅުއްވިނަމަވެސް އެ މަނިކުފާނުގެ އެކައުންޓުގައި އަދި އެއްވެސް ވީޑިއޯއެއް ނެތެވެ. އެއްވެސް ވީޑިއޯއެއް ނެތުމުގެ އިތުރުން އެ މަނިކުފާނު ޓިކްޓޮކްގައި އަދި އެއްވެސް މީހަކު ފޮލޯއެއްވެސް ނުކުރައްވައެވެ. އެހެންނަމަވެސް ހާހެއްހާ މީހުން މިހާރު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ޓިކްޓޮކް އެކަންޓް ފޮލޯ ކުރެއެވެ. ރައީސްގެ ޓިކްޓޮކް އެކައުންޓްގެ ނަމަކީ ibusolih އެވެ. މި އެކައުންވަނީ ވެރިފައިވެސްކޮށްފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހަކީ ސޯޝަލް މީޑިއާގައި އެކްޓިވް ބޭފުޅެކެވެ. އެމަނިކުފާނުގެ ޓްވިޓަރގައި އެއް ލައްކަ ސައްބީސް ހާސް ފޮލޮވަރުން ތިބިއިރު، އިންސްޓަގްރާމްގައި ދިހަހާހަށްވުރެ ގިނަ ފޮލޮވަރުން އަދި ފޭސް ބުކުގައި ތެއްތިރީސް ހާސް ފޮލޮވަރުން ތިބެއެވެ.