ads
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން: ހާއްސަ އެސެމްބްލީއެއް ބާއްވައިފި
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ 27 ވަނަ އަހަރީ ދުވަހާ ގުޅިގެން މުވައްޒަފުންގެ ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.

އެމްޑަބްލިއުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި މުވައްޒަފުންގެ ހާއްސަ އެސެމްބްލީގައި ކުންފުނީގެ ބޯޑް މެންބަރުންނާއި، މެނޭޖިން ޑިރެކްޓާ ހަސަން ޝާހު އާއި އިސް މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ. 

އެމްޑަބްލިއުއެސްސީ 1995 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހު ވުޖޫދަށް އައިސްފައިވާއިރު، އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އޭރު މާލެއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަތަކަށް ހައްލެއް ހޯދައި، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ސާފު ބޯފެނާއި، ރައްކާތެރި ނަރުދަމާގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކު ދިވެހި މުޖްތަމައުގެ ދުޅަހެޔޮ ކަމާއި، ލާބަ އާއި މަންފާއަށް އެހީތެރިވެދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. 

your imageއެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ 

މިގޮތުން، އެމްޑަބްލިއުއެސްސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމަޢުގެ ސިއްހީ ރައްކާތެރި ކަމަށާއި، ގައުމުގެ ތަރައްގީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.  

އެމްޑަބްލިއުއެސްސީއަކީ އަމިއްލައަށް ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ގާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލްކަންވެސް ހޯދައި އެ މަސައްކަތްވެސް ކުރަމުންދާ ކުންފުންޏަކަށްވާއިރު، ހުޅުމާލޭގައި ކާރުހާނާއެއް ގާއިމްކޮށް އެމްޑަބްލިއުއެސްސީ އިން އަންނަނީ ފުޅީގައި ބަންދުކުރި ފެނާއި ޕާރިފޯމްވެސް އުފައްދަމުންނެވެ. 

your imageއެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުން -- ފޮޓޯ: އެމްޑަބްލިއުއެސްސީ 

މީގެ އިތުރުން ކ. ގުޅީފަޅުގައި ފައިޕް ފެކްޓަރީއެއް ގާއިމްކޮށް، ދުނިޔޭގައި ނަން ހިނގާ ބްރޭންޑްތަކާ އެއް ފެންވަރެއްގައި އެމްޑަބްލިއުއެސްސީ އިން އަންނަނީ އެކިވައްތަރުގެ ޕައިޕް އުފައްދާ ވިއްކަމުނެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގައި މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ފަސޭހަކަމާއިއެކު ކަސްޓަމަރުންނަށް ލިބޭނެ މަގުތަނަވަސްކޮށްދިނުމުގެ ގޮތުން 2016 ވަނަ އަހަރު އެ ކުންފުނިން ވަނީ ޝޯރޫމެއް ހުޅުވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް