ads
މިއަދު ހިނގި އެކްސިޑެންޓުގައި ދެ ސައިކަލް ވެއްޓިފައި---ފޮޓޯ:ފުލުހުން
ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހެއްގެ އަތް ބިނދިއްޖެ
ސިނަމާލެ ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހެއްގެ އަތް ބިނދިއްޖެއެވެ.
ސިނަމާލެ ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، މީހެއްގެ އަތް ބިނދިއްޖެއެވެ.

ފުލުހުން ބުނީ މިއަދު 08:30 ހާއިރު ހިނގި އެ އެކްސިޑެންޓު ހިނގާފައިވަނީ ސިނަމާލެ ބްރިޖުގެ އެއް ފަރާތުގައި އެއް ސައިކަލް މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ އެކްސިޑެންޓުގައި ފަހަތުން އައި ސައިކަލް ދުއްވަން އިނީ އުމުރުން 34 އަހަރުގެ އަންހެނެއް ކަމަށާއި މަޑުކޮށްގެން އިން ސައިކަލް ދުއްވަން އިނީ 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެއެކްސިޑެންޓުގައި އުމުރުން 34 އަހަރުގެ އަންހެން މީހާގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުންވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި 29 އަހަރުގެ މީހާ އަށް އަނިޔާ ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެއެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ދެމީހުންގެ އަތުގައި ވެސް ލައިސެންސު އޮންނަ ކަމަށެވެ. އެއެކްސިޑެނޓުގައި ދެ ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލައިގައި ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް