އެގޮތުން ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތު ހުށަހަޅައިދޭ ނުދައްކާ ހުރި ވާހަކަ ތަކާއި ސިއްރުތައް ހާމަކުރަން ޖެހޭ ''ލޮކް އަޕް'' ޝޯގައި އަންކިތާ ކައިރީ އެއްވެސް މީހަކަށް ނޭނގޭ ސިއްރެއް ހާމަ ކުރުމަށް ބުނުމުން އަލަތު ކުއްޖާ އަށް ބަލިވެ އިންކަމަށާއި މިކަމަކީ ފިރިމީހާއަށް ވެސް ނޭނގޭނެ ކަމެއް ކަމަށް އަންކިތާ ވަނީ ބުނެފައިއެވެ.
މި ހަބަރާއި އެކު ކަންގަނާ ވެސް ދިޔައީ ސިއްސާގެންނެވެ. ނަމަވެސް އިރުކޮޅެއް ތެރޭ އޭޕްރީލް ފޫލް ކަމަށް ބުނެ އެއީ ސަމާސާއެއް ކަމަށް އަންކިތާ ވަނީ ބުނެފައިއެވެ.
މި ހަބަރާއި އެކު މީޑިއާތަކުގައި ހާމަ ކޮށްފައިވާ ގޮތުގައި އަންކިތާ އާއި ވިކީ ހުރީ ކުއްޖަކު ބޭނުންވެފައި ކަން ހާމަވާ ކަމަށެވެ.
އަންކިތާ އާއި ވިކީ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރު ޑިސެމްބަރ 14 ގައި އެވެ.