ads
ރަންބީރު ކަޕޫރު އަދި އާލިޔާ ބަޓް
ރަންބީރު ކަބީރްއާއި އާލިޔާ ބަޓް އެޕްރީލް ދެވަނަ ހަފްތާގައި ކައިވެނި ކުރަނީ
އެންމެން ވެސް ޝައުޤުވެރިކަމާއެކު އިންތިޒާރުކުރަމުން އައި ކައިވެނި ހީކުރި ވަރަށްވުރެ އަވަހަށް ވެދާނެއެވެ.

އީޓައިމްސް އިން ވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ގެ ކައިވެނި އޭޕްރީލް މަހުގެ ދެވަނަ ހަފްތާގައި ކުރެވިދާނެ ކަން ކަށަވަރުކޮށްދީފަ އެވެ. 

ކަޕޫރާއި ބަޓް އާއިލާގެ ގާތް ފަރާތަކުން ހާމަކުރި ގޮތުގައި އާލިއާގެ ކާފަ އެން ރަޒްދާން ގެ ހާލު ވަރަށް ނާޒުކު ކަމަށާއި އާލިއާ ރަންބީރާ ކައިވެނި ކުރަން އޭނާ ވަރަށް ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ. މިސްޓަރ ރަޒްދާން ރަންބީރުދެކެވެސް ވަރަށް ލޯބިވެއެވެ. 

މިކައުވެނީގެ ޑޭޓެއް އަދި މިހާތަނަށް ފައިނަލް ކޮށްފައެއް ނުވެއެވެ.  އެކަމަކު މިހާރު ކަންކަން ހުރި ގޮތުން ރަންބީރާއި އާލިއާ ވެސް އޭޕްރީލް 17 ގައި ކައިވެނި ކުރަން ރާވަމުން އަންނަ ކަމަށް ވެއެވެ. އެކަމަކު އާލިއާގެ ކާފަ އެން ރަޒްދާންގެ ސިއްހަތަށް ރިއާޔަތްކޮށް މި ތާރީހު ވެސް އެއް ދުވަސް ނުވަތަ ދެ ދުވަހުން ފަސްވެދާނެ ކަމަށްވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް