ބޮލީވޫޑްގެ ހަބަރުތައް ގެނެސްދޭ ޕިންކް ވިލާ އިން ހާމަ ކޮށްފައިވާ ގޮތުގައި 3 އަހަރަށް ފަހު އެދަތަރިން ވަނީ ވަކިވެފައެވެ. ނަމަވެސް އެކުވެެރިން ގޮތުގައި އެދެތަރިން ވެސް މަސައްކަތް ކުރާނެއެވެ.
އެދެތަރިންގެ ގުޅުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް އެކުގައި ޗުއްޓީ ހޭދަ ކޮށް، އިޝާންގެ އެއްބަފާ ބޭބެ މަޝްޙޫރު ބަތަލް ޝާހިދް ކަޕޫރްގެ އުފަން ދުވަހު ޕާޓީގައި ވެސް އަނަންޔާ ވަނީ ބައިވެރިވެފައެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި މިދެތަރިންގެ ލޯބީގެ ގުޅުން ފެށިފައިވަނީ 2020 ގައި މި ދެތަރިން އެއްކޮށް ފެނިގެން ގޮސްފައިވާ ފިލްމް“ކާލީ ޕީލީ” އިންނެވެ.
ކުރިއަށް ވެސް މިދެތަރިން އެއްކޮށް މަސައްކަތް ކުރުމަށް ވެސް ވަނީ ސޮއި ކޮށްފައި ކަމަށް ހަބަރުތައް ބުނެ އެވެ.